އަލިފުށީ ކައުންސިލްގެ ބައި އިލެކްޝަން ފެށިގެން ކުރިޔަށް ދަނީ

ރ. އަލިފުށި ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިޔަށް އެބަދެ އެވެ. ހެނދުނު 08:00 ގައި ވޯޓުލުން ފެށިފައިވާއިރު ވޯޓުލުން ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ ހަވީރު 04:00 އަށެވެ. ވޯތުލުން ...

04 Apr 2015 | 06:35

ރ. އަލިފުށި ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިޔަށް އެބަދެ އެވެ.

ހެނދުނު 08:00 ގައި ވޯޓުލުން ފެށިފައިވާއިރު ވޯޓުލުން ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ ހަވީރު 04:00 އަށެވެ. ވޯތުލުން ކުރިޔަށް ދަނީ މާލެ އާއި އަލިފުށީގަ އެވެ. މި ބައި އިލެކްޝަންގައި ވާދަކުރަނީ ސަރުކާރު ހިންގާ ޕީޕީއެމްގެ މެމްބަރަކާއި އިދިކޮޅު އެމްޑީޕީގެ މެމްބަރެކެވެ.

ޕީޕީއެމް ޓިކެޓުގައި އިންތިހާބުގައި ވާދަ ކުރައްވަނީ ރ. އަލިފުށި ކިޔުބާ، ކެންޑިޑޭޓް ނަންބަރު ދޭއް، އައިމިނަތު އަލީ އެވެ. އިދިކޮޅު އެމްޑީޕީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވަނީ ރ. އަލިފުށި މަލަކާ، ކެންޑިޑޭޓް ނަންބަރު އެކެއް، އަލީ ހަމީދު އެވެ.

އިންތިހާބުގައި ވޯޓުލުމަށް އަލިފުށީގައި ވަނީ ތިން ވޯޓު ފޮއްޓެއް ބަހައްޓާފަ އެވެ. ފުރަތަމަ ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ 266 މީހުން އެބަތިއްބެވެ.  ދެވަނަ ފޮއްޓަށް ވޯޓުލުމުގެ ހައްގު 613 މީހުންނަށް ލިބިފައިވާ އިރު ތިންވަނަ ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 565 މީހުންނަށެވެ. އަދި މާލޭގައި ބަހައްޓާފައިވާ ފޮއްޓަށް ވޯޓުލުމުގެ ހައްގު 357 މީހުންނަށް ލިބެއެވެ.

ޖުމްލަ 1801 މީހުންނަށް މި ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

އަލިފުށީ ކައުންސިލްގެ ގޮނޑި ހުސްވީ ކައުންސިލް މެންބަރު އަބްދުލް ލަތީފު އަބްދުލް ރަހުމާން ކައުންސިލް މެންބަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް