އާދީއްތަ ދުވަހުގެ މެންދުރު ފަހުން ފެށިގެން މެލޭޝިޔާއިން ދިވެއްސަކު ގެއްލިގެން ހޯދަމުން އަންނައިރު، ގެއްލުނު ފަރާތް ގަދަވެ ސަލާމަތުން ހުރިކަން އެނގިފައިވާކަމަށް ޢާއިލާއިން ބުނެފިއެވެ.
ގެއްލިގެން ހޯދަމުންދަނީ އަހްމަދު އުސައިދު އިބްރާހިމް އަފީފް އެވެ. އުސައިދު އަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ހާއްސަ މަޖިލީހުގެ ބ. އަތޮޅު ދާއިރާގެ މެންބަރުކަން ކުރެއްވި އަދި އިމިގްރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްކަން ކުރިން ކުރެއްވި އިބްރާހިމް އަފީފްގެ ދަރިފުޅެވެ.
އުސައިދު ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ އަޕްޑޭޓް ހިއްސާކުރަމުން އަފީފް މިރޭ ބުނެފައިވަނި އޭނާގެ ދަރިފުޅު އަހްމަދު އުސައިދު 2 މާރޗް 2025 ވަނަ ދުވަހުގެ 15:15 ގެ ފަހުން Sunway geo އިން ނުކުމެގެން ދިޔަގޮތަށް އެއްވެސް ޚަބަރެއްނުވެގެން ، އެރޭ 10:00 ގައި އަޅުގަނޑު އެކަން ޕޮލިހަށް އެންގި ކަމަށާއި އަދި ހަމަ އެދުވަހު މެލޭސިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަށް ވެސް އެކަން އެންގި ކަމަށެވެ.
"މައްސަލަ ފައިލް ކުރި ހިސާބުން ފެށިގެން ، ޕޮލިހުންނާއި ހައި ކޮމިޝަންގެ ބޭފުޅުން އުސައިދު ހޯދުމުގެ މަސައްކަތް ފެށި، އަދި އެކިއެކި ގްރޫޕްތަކުގައްޔާއި ، ހެޔޮއެދޭ ފަރާތްތަކުން އުސައިދު ފެނޭތޯ ކުރެވެންހުރި ހުރިހާމަސައްކަތެއް ހުއްޓުމެއްނެތި ކުރަމުން ގެންދިޔަކަން ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަކުރަން، އެގޮތުން ކުރެވުނު މަސައްކަތުން ސީސީ ކެމެރާ ފްޓޭޖް ތަކުން ލިބުނު މައުލޫމާތުންނާއި، ބައެއްމީހުންގެ ފަރާތުން ލިބުނު މައުލޫމާތުން، ހަމަ އެދުވަހު 16:00 އެހާކަށްހާއިރު، އުސައިދު ރާއްޖޭގެ އެމްބަސީއަށް ދިޔަކަން އެނގުނު" އަފީފް ހިއްސާކޮށްފައިވެއެވެ.
އަފީފްގެ ޕޯސްޓްގައި ފާހަގަކޮށްފައިވާގޮތުގައި، ނަމަވެސް އެދުވަހަކީ ބަންދު ދުވަހަކަށްވާތީ އެމްބަސީގެ މީހަކާ ބައްދަލުވާގޮތެއްނުވުމުން، އެތާނގައި ގަޑިއެއްހާއިރު މަޑުކޮށްފައި ނުކުމެގެންދިޔައިރު އުސައިދުގެ ވޮލެޓާ އި ސްޓޫޑެންޓް ކާޑު ވަނީ ބޭއްވިފައި ކަމަށާއި އިއްޔެ އެމްބަސީ ހުޅުވުމާއެކު، އެތަނުގެ ކެމެރާތައް ބަލާ ޗެކްކުރިއިރު އެހިސާބުން އުސައިދު ސަލާމަތުން ހުރިކަން އެނގިފައިވާކަމަށެވެ.
"الحمد لله. މިއަދު 4 ވަނަދުވަހު 11 ޖެހިއިރު ހައިކޮމިޝަނުންވަނީ އުސައިދުގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު ޕޮލިސް މެދުވެރިކޮށް އަޅުގަނޑުމެންނާ ހަވާލުކޮށްފައެވެ. ނަމަވެސް އުސައިދު އަޅުގަނޑުމެންނާ އަދި ބައްދަލެއް ނުވެއެވެ. އިރާދަކުރެއްވިޔާ ވަރަށްއަވަހަށް އުސައިދުގެ ޚަބަރެއް ވާނެއެވެ. انساءالله" އަފީފްގެ ޕޯސްޓްގައި ފާހަގަކޮށްފައިވެއެވެ.
އަފީފްގެ ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ ވަރަށް ގިނަބޭފުޅުން މިކަމާގުޅޭގޮތުން ސުވާލުކުރާތީ، އެކަންސާފުކޮށްލަދޭން ބޭނުންވީ ކަމަށާއި މިކަމުގައި އެންމެބޭޅުންދެއްވި އެއްބާރުލެއްވުމަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށެވެ. އަދި މިކަމުގައި މެލޭޝިޔާ ގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންއާއި މެލޭޝިޔާގެ ފުލުހުންގެ ފަރާތުންނާއި ހެޔޮއެދޭ ހުރިހާ ފަރާތްތަކަކުން އަޅުގަނޑުމެނަށް ދެއްވި އެހީތެރިކަމާއި އެއްބާރުލުމަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށެވެ.
ވަރަށްއަވަހަށް އުސައިދު އަޅުގަނޑުމެންނާ ބައްދަލުވާނެ ކަމަށް އުންމީދު ކުރާ ކަމަށާއި ހެޔޮހާލުގައި އުސައިދު ހުރިކަން ކެމެރާ ތަކުން ފެންނަ ކަމަށާއި އަދި ހުރީ ރަތްކުލައިގެ ޓީޝާޓެއްލައިގެން ކަމުގައިވެސް އަފީފްގެ ޕޯސްޓްގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް