މިއަދުވެސް އައްޑޫ ސިޓީއިން ކަރަންޓު ކަނޑާތީ އަޒާންގެ ކަންބޮޑުވުން

މިއަދުވެސް އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑާތީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ. އައްޑޫ ފެނަކައިން ކޮމިއުނިޓީއަށް ކޮށްފައިވާ މެސެޖު ފެނ...

04 Mar 2025 | 12:16

މިއަދުވެސް އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑާތީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އައްޑޫ ފެނަކައިން ކޮމިއުނިޓީއަށް ކޮށްފައިވާ މެސެޖު ފެންނަ ޕޯސްޓަކާއެކު އަޒާން ބުނެފައިވަނީ އައްޑޫގެ އެކި ސަރަހައްދުތަކުން މިއަދުވެސް ކަރަންޓު ކަނޑަން ފެނަކައިން ނިންމާފައިވާއިރު ކަރަންޓުގެ މައްސަލަ ރަމަޟާން މަހަށް ހައްލު ކުރެވޭނެކަމަށް މީގެ ކުރިން ފެނަކައިން ބުނެފައިވާކަމަށެވެ.

ފެނަކަ ކޮމިއުނިޓީގެ މެސެޖުގައި ބުނެފައިވަނީ ލޯޑު މަތިވަމުންދާތީވެ، މެނޭޖްކުރުމަށްޓަކައި އެއް ގަޑިއިރަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެންދާނެ ކަމަށެވެ.

މެންބަރު އަޒާން ވިދާޅުވެފައިވަނީ ރޯދަމަހާއި ހަމައަށްވެސް މައްސަލަ ހައްލު ނުވުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި އައްޑޫއަށް ބޭނުންވާވަރަށް ކަރަންޓު އުފައްދަން އިންޖީނުތައް ނުގެނެވެންވީ އެއްވެސް ސަބަބެއް އޮވެގެން ނުވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް