ސައޫދީން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާކޮށްފި

ސައޫދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި 10 ޓަނުގެ ކަދުރު ރާއްޖެއާ ހަދިޔާކޮށްފައިވާއިރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އ...

04 Mar 2025 | 08:30

ސައޫދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި 10 ޓަނުގެ ކަދުރު ރާއްޖެއާ ހަދިޔާކޮށްފައިވާއިރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިއްޔެ ބުނެފައިވަނީ އެ ކަދުރަކީ ސައޫދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ހަދިޔާކުރި ކަދުރު ކަމަށެވެ.

ރޯދަމަސް ފެށުމުގެ ކުރިން ސައޫދީ އަރަބިއްޔާއިން ރާއްޖެއަށް 50 ޓަނު ކަދުރު ހަދިޔާކޮށްފައިވެއެވެ. އެ 50 ޓަނު ކަދުރު ވަނީ ބަހާ ނިންމާފައެވެ. އިތުރު 10 ޓަނު ކަދުރު ސައޫދީން ހަދިޔާ ކުރުމުން، މި ރޯދަމަހު ސައޫދީން ހަދިޔާ ކުރި ކަދުރުގެ އަދަދު 60 ޓަނަށް އަރާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް