އުރީދޫ ނޭޝަން ގޭމާސް ލޭންޑް 2024: މިއަހަރުގެ ގޭމިންގ އީދުގެ ފެށުން

2024 ގެ އުރީދޫ ނޭޝަން ގޭމާސް ލޭންޑުގެ ހަރަކާތްތައް މިރޭ އިފްތިތާހު ކޮށްފިއެވެ. އުރީދޫ ނޭޝަން ގޭމާސް ލޭންޑަކީ ރާއްޖޭގެ އުފެދިފައިވާ ގޭމިންގ ކޮމިއުނިޓީއަށް އަދި ގޭމް ކުޅޭ ހުރިހާ މީހުނަށް ބައިވެރިވެވޭ ގޮ...

04 Mar 2024 | 18:26

2024 ގެ އުރީދޫ ނޭޝަން ގޭމާސް ލޭންޑުގެ ހަރަކާތްތައް މިރޭ އިފްތިތާހު ކޮށްފިއެވެ.

އުރީދޫ ނޭޝަން ގޭމާސް ލޭންޑަކީ ރާއްޖޭގެ އުފެދިފައިވާ ގޭމިންގ ކޮމިއުނިޓީއަށް އަދި ގޭމް ކުޅޭ ހުރިހާ މީހުނަށް ބައިވެރިވެވޭ ގޮތަށް ރާވާފައިވާ ހަރަކާތެކެވެ. މުޅި އަހަރަށް ބަހާލައިގެން ބޭއްވޭ އީ.އޭ.އެފް.ސީ 24، މޮބައިލް ލެޖެންޑްސް އަދި ޕަބްޖީ ޓޯނަމަންޓްތަކުގެ ޖުމްލް ޕްރައިޒް ޕޫލްއަކީ 700،000ރ އެވެ.

މިއަހަރުގެ އުރީދޫ ނޭޝަންގައި އިންޓަރ ސްކޫލް، އިންޓަރ ޔުނިވާރސިޓީ/ކޮލެޖު، އިންޓަރ އޮފިސް، އިންޓަރ ރިސޯޓު މުބާރާތްތައް ހިމެނެއެވެ.

"އުރިދޫއަކީ ރާއްޖޭގެ މުވާސަލާތީ ޚިދުމަތަށް އިންގިލާބެއް ގެނެސްދީފައިވާ ކުންފުންޏެއް. އަދި ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މިފަދަ މުބާރާތްތަކުގައި އާމްދަނީ ލިބޭނެ ގޮތްތައް ވެސް ދަނީ ފަހިކޮށްދެމުން. ޒުވާނުންނަށްވެސް އަދި ގޭމު ކުޅޭ ހުރިހާ ފަރާތްތަކަށްވެސް ޔަގީންވާނެ ކަމަކީ އުރީދޫއިން ރާވާ މުބާރާތްތަކަކީ ފެންވަރު ރަގަޅު މުބާރާތްތަކެއްކަން. އަދި މި ފެންވަރުގައި އީ ސްޕޯޓްސްއަށް އުރީދޫއިން ދޭ ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން" އިބްރާހިމް ވަހީދު، މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް

" އުރީދޫ ނޭޝަން ގޭމާސް ލޭންޑް 2024 މި ލޯންޗު ކުރެވުނީ ދިވެހިރާއްޖޭގައި ގޭމު ކުޅުމަށް ޝައުގުވެރިވާ ހުރިހާ އެންމެނަށް ބައިވެރިވެވޭ ގޮތަށް. އުރީދޫއިން އަބަދުވެސް ބަލަމުން މިދަނީ އީޖާދީ އަދި ކަސްމަރުންނާއި ގުޅުގެން ކުރެވޭ ކަންތައްތައް އިތުރުކުރުމަށް. މިއަހަރު އަޅުގަނޑުމެން މި މުބާރާތް ރާއްޖެއިން ބޭރަށް ގެންދިއުމަށްވެސް މަސައްކަތް މިދަނީ ކުރަމުން.' ޚާލިދު އަލް ހަމާދީ، އުރީދޫ މޯލްޑިވްސްގެ ސީ.އީ.އޯ އަދި އެމް.ޑީ

ގޭމަރުންގެ މެދުގައި އެންމެ މަގުބޫލު ނެޓްވާރކު، އުރީދޫ މޯލްޑިވްސް އިން މިއަހަރަށް ރާވައިފައިވަނީ ހާއްސަ ޝައުގުވެރި މުބާރާތްތަކެކެވެ. އަދި މިއަހަރު "އަލްޓިމޭޓް ޕްލޭޔަރ" ޓްރޮފީ އަށް ވާދަކުރުމުގެ ފުރުސަތު ހުރިހާ ބައިވެރިންނަށްވެސް ހުޅުވާލެވޭނެއެވެ. "އަލްޓިމޭޓް ޕްލޭޔަރ" އަކީ ގޭމަރުންގެ ތެރެއިން ހޮވާލެވޭ މޮޅު ފަންނާނެކެވެ. އަދި އެހެން ކުޅުންތެރިންނަށް ނަމޫނާ ފަރާތަކަށް ވެގެންދާނެއެވެ. މިއީ ރާއްޖޭގައި މިފަދަ ފަންނާނެއް ހޮވޭ ފުރަތަމަ ފަހަރެވެ.

އުރީދޫ ނޭޝަންއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް http://ore.do/unlock2024

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް