އާމަންޑަކީ އޭގައި ސިއްޙީ ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. ނަމަވެސް އެ ފައިދާތަކަކީ ކޮބާކަން ގިނަ މީހުނަށް އޮންނަނީ ނޭނގިފައެވެ.
އާމަންޑަކީ ކޮލެސްޓްރޯލް ކޮންޓްރޯލް ކޮށްދޭ އެއްޗެއް
އާމަންޑަކީ ކޮލެސްޓްރޯލް ކޮންޓްރޯލް ކޮށްދޭ އެއްޗެކެވެ. ފަހުގެ ބައެއް ދިރާސާތަކުން ދައްކާގޮތުގައި، އާމަންޑަކީ ހަށިގަނޑުގައި އުފައްދާ ރެޑް ބްލަޑް ސެލްގައި ގިނަ އަދަދަކަށް ވިޓަމިން އީ އުފައްދައިދޭ އެއްޗަކަށްވާތީ، ހަށިގަނޑުގައި ކޮލެސްޓްރޯލް އިތުރުވުން ކޮންޓްރޯލް ކޮށްދެއެވެ. އެހެންކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް އާމަންޑް ހިމަނަން އާދަކުރާށެވެ.
އާމަންޑަކީ ހިތުގެ ބަލިތަކަށް ފަރުވާއެއް
އާމަންޑަކީ ހިތުގެ ބަލިތަކަށް ފަރުވާއެކެވެ. ދިރާސާތަކުން ދައްކާގޮތުގައި، އާމަންޑަކީ ހަށިގަނޑުގެ ލޭ ދައުރުވުން ރަނގަޅުކޮށްކޮށްދީ އަދި ލޭގެ ޕްރެޝަރ ދައްކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ.
އާމަންޑަކީ ހަކުރު ދަށްކޮށްދޭ އެއްޗެއް
އާމަންޑަކީ ލޭގައި އުފެދޭ ހަކުރު ދަށްކޮށްދީ ހަމަޔަކަށް އެޅުވުމުގައި އެހީތެރިކަން ފޯރުވައިދޭ އެއްޗެކެވެ. ސަބަބަކީ އާމަންޑްގައި ގިނަ އަދަދަކަށް މެގްނިޒިއަމް އެކުލެވިގެންވާތީއެވެ. ހަކުރު މައްޗަށް ދާނަމަ ކޮންމެ ދުވަހަކުވެސް އަތްގޮއްޓެއްގެ އާމަންޑް ކާން އާދަކުރާށެވެ.
އާމަންޑަކީ ލޭގެ ޕްރެޝަރ ކޮންޓްރޯލް ކޮށްދޭ އެއްޗެއް
އާމަންޑަކީ ލޭގެ ޕްރެޝަރ ކޮންޓްރޯލް ކޮށްދޭ އެއްޗެކެވެ. މެގްނީޒިއަމް ދަށްވުމަކީ ލޭގެ ޕްރެޝަރ މަތިވާން ދިމާވާ އެއް ސަބަބެވެ. ނަމަވެސް އާމަންޑްގައި ގިނަ އަދަދަކަށް މެގްނީޒިއަމް އެކުލެވިގެންވާތީ، އާދަކޮށް އާމަންޑް ކާނަމަ ލޭގެ ޕްރެޝަރް ކޮންޓްރޯލް ކޮށްދިނުމަށް އެހީތެރިވެދޭނެއެވެ.
އާމަންޑަކީ ވިޓަމިން އީ އެކުލެވިގެންވާ އެއްޗެއް
އާމަންޑަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން އީ އެކުލެވިގެންވާ އެއްޗެކެވެ. އެހެންކަމުން އާމަންޑް، ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދޭނެއެވެ. އަދި މީގެ އިތުރުން އާމަންޑްގައި ގިނަ އަދަދަކަށް ވިޓަމިން އީ އެކުލެވިގެންވާތީ، ކެންސަރ އަދި ހިތުގެ ބަލިތައްފަދަ ބަލިތަކުން ސަލާމަތްކޮށްދިނުމަށް އެހީތެރިވެދެއެވެ.
މީގެއިތުރުންވެސް އާމަންޑަކީ އޭގައި ގިނަ އަދަދަކަށް ނިޔުޓްރިޝަން އެކުލެވިގެންވާ އެއްޗަކަށްވާތީ ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް، މަދުވެގެން އަތްގޮއްޓެއްގެ މިންވަރަށް އާމަންޑް ބޭނުންކުރެވޭތޯ ބަލާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް