ހުޅުމާލޭގައި ރޭގެ މެންދަމު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ހުޅުމާލޭގެ ފޭޒް އެކެއްގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ކުރިމަތީގައި ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހިގެންނެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި އެކްސިޑެންޓް ވިކަން އެނގުނީ ރޭގެ 02:32 ހާއިރު ފުލުހުން ޕެޓްރޯލު ކުރަމުންދިޔަ ދިޔުމުގައެވެ.
"މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން، އެއީ 19 އަހަރުގެ ދިވެހި ފިރިހެނެއް" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި އެކްސިޑެންޓުގައި ސައިކަލު ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ. އަދި އިމިގްރޭޝަންގެ ވޭނަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް