ޝުޖާއު ނާޒިމަށް: ރޯދަ ވާޖިބުވަނީ 18 އަހަރުން މަތީ މީހުންނަށް ކަމަށް ފަތުވާ ނެރުމަކީ ނުރައްކާތެރި ކަމެއް

ރޯދަ ވާޖިބުވަނީ 18 އަހަރުން މަތީ މީހުންނަށް ކަމަށް ނާޒިމް ފަތުވާ ނެރުމަކީ ނުރައްކާތެރި ކަމެއް ކަމުގައި ޝުޖާއު ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފ...

04 Mar 2023 | 17:03

ރޯދަ ވާޖިބުވަނީ 18 އަހަރުން މަތީ މީހުންނަށް ކަމަށް ނާޒިމް ފަތުވާ ނެރުމަކީ ނުރައްކާތެރި ކަމެއް ކަމުގައި ޝުޖާއު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ޝުޖާއު ހުސެއިން މިހެން ވިދާޅުވީ އެމްއެންޕީގެ ވެރިކަމެއްގައި 18 އަހަރުން މަތީގެ އުމުރުން އެންމެންނަށް ރޯދަ އިނާޔަތް ދެއްވާނެކަމަށް ނާޒިމް ވިދާޅުވެފައިވާއިރު އެކަމަށް ދެއްވި ރައްދެއްގައެވެ.

ޓްވިޓާގައި ނާޒިމް ޓެގް ކުރައްވައި ޝުޖާއު ވިދާޅުވެފައިވަނީ ރޯދަ ވާޖިބުވަނީ ބާލިގުވުމުންކަން ނޭނގޭ ކެނޑިޑޭޓުން މުސްލިމް ގައުމެއްގައި ރިޔާސީ އިންތިހާބަށް ނުކުތުމަކީ ލަތުވެތިކަމެއް ކަމަށެވެ.

"ނާޒިމް ތައުލީމުދިޔާނާ ކިޔާލާނަމަ އެންމެ ކުޑަމިނުން އެވަރު އޮޅުންފިލާނެ ނޫންތޯ؟" ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ކުރީގެ ނައިބުރައީސް ކަން ކުރެއްވި ޝުޖާއު ވިދާޅުވެފައިވެއެވެ.

https://twitter.com/alameershujau/status/1631629066821591041

މައުލޫގައި ނާޒިމް ފާހަގަކުރެއްވި ގޮތުގައި، ރަމަޟާންމަހުގެ ޢިނާޔަތަކީ ހަމައެކަނި ވަޒީފާ އަދާކުރާ މީހުންނަށް ދޭންޖެހޭ އެއްޗެއްގެ ގޮތުގައި އޮންނަ އޮތުމަކީ ވަރަށް ބޮޑު ތަފާތު ކުރުމެކެވެ.

އެހެން ކަމުން އެ ތަފާތު ނައްތާލައި، އެ ޢިނާޔަތަކީ ހަމަހަމަ ކަމާއެކު ދެވޭ އެއްޗަކަށް ހަދައި، ރޯދަ ހިފާ ޢުމުރުގެ ހުރިހާ އެންމެންނަށް އެ ޢިނާޔަތް ލިބޭގޮތް އެމަނިކުފާނުގެ ވެރިކަމެއްގައި ފުރަތަމަ ކުރާ ކަންތަކުގެ ތެރޭގައި ހިމަނުއްވައިގެން ހަމަޖައްސަވާނެކަމުގައި ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް