ރަޝިޔާ އާއި ޔޫކްރޭންގެ މައްސަލައިގައި އިންޑިއާއިން މިއަދު އޮތް ސްޓޭންޑް މިވަނީ އަނެއްކާވެސް ސާފުކޮށްދީފައެވެ. އަދި "މިއީ ހަނގުރާމައިގެ ޒަމާނެއް ނޫން" ކަމަށް ވިދާޅުވެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދެއްކެވި ވާހަކަފުޅު ފޮރިން ސެކެޓްރީ ވިނާއީ ކުވަޓްރާ މިވަނީ ރިޕީޓްކުރައްވާފައެވެ.
ޖީ20 ގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމާ ގުޅޭ ގޮތުން ބޭއްވި ހާއްސަ ބްރީފިންގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނާއީ ކުވަޓްރާ ވިދާޅުވީ "ރަޝިޔާ އާއި ޔޫކްރޭންގެ މައްސަލައާ މެދު އިންޑިއާގެ މަގާމަކީ 'މިއީ ހަނގުރާމައިގެ ޒަމާނެއް ނޫން' ކަމަށެވެ.
އޭނާ ވިދާޅުވީ ބުރާސްފަތި ދުވަހު ނިއުދިއްލީގައި ބާއްވާ ގްރޫޕް އޮފް 20 (ޖީ20) ގެ ޖަލްސާގައި ދުނިޔޭގެ ޚާރިޖީ ވަޒީރުން ބައްދަލުވުމުން ރަޝިޔާ އާއި ޔޫކްރޭންގެ މައްސަލައަކީ މަޝްވަރާގެ މުހިންމު ނުކުތާއަކަށް ވާނެ ކަމަށެވެ.
"ރަޝިޔާ-ޔޫކްރޭންގެ ތަރައްގީވަމުން އަންނަ ހާލަތަށް ބަލާއިރު، ގުދުރަތީ ގޮތުން އެއީ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި މަޝްވަރާގެ މުހިންމު ނުކުތާއަކަށް ވާނެ. ފޮރިން މިނިސްޓަރުން ފޯކަސް ކުރާނީ ރަޝިޔާ-ޔޫކްރޭންގެ ހާލަތަށް، އެމީހުން ނުކުންނަ އެއްޗަކަށް މުހިންމުވާނެ." މިސްޓަރ ކުވަޓްރާ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ރަޝިޔާ އާއި ޔޫކްރޭންގެ ކޯޅުން ދުނިޔެއަށް ކުރާނެ އަސަރުގެ މައްސަލަތަކަށް ވެސް އިގްތިސާދީ އަސަރާއި ތަރައްގީއަށް ކުރާ އަސަރު ހިމެނޭ ގޮތަށް މި ބައްދަލުވުމުގައި އަލިއަޅުވާލާނެ ކަމަށެވެ. އޭނާ ވިދާޅުވީ އިންޑިއާގެ ޖީ20 ގެ ރިޔާސަތުގައި ޖީ20 ގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުން މާދަމާ ބާއްވާނެ ކަމަށެވެ.
"މިއީ އަޅުގަނޑުމެންގެ ރިޔާސަތުގައި ބާއްވާ ދެވަނަ މިނިސްޓަރު ބައްދަލުވުމަކަށް ވާނެ. ތަން ހުންނާނީ ރާޝްތުރަޕަތީ ބާވާން ކަލްޗަރަލް ސެންޓަރ. 40 ވަފުދު ބައިވެރިވާނެ ކަމަށް ބެލެވެނީ،" އޭނާ ވިދާޅުވި އެވެ.
ޖީ20 ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ކުރިއަށް ގެންދަނީ ޖީ20 ގެ މެމްބަރު ގައުމުތަކުގެ ފިނޭންސް މިނިސްޓަރުންނާއި މަރުކަޒީ ބޭންކުގެ ގަވަރުނަރުން އެއްވެ ޔޫކްރޭނާ ގުޅޭ ގޮތުން ހުޅަނގުގެ ބާރުތަކާއި ރަޝިޔާ-ޗައިނާ ގުޅިގެން އުފެދުނު ތޫނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން ބެންގަލޫރުގައި ޖޮއިންޓް ކޮމިއުނިކޭޝަނެއް ނެރެން ނާކާމިޔާބުވިތާ ދުވަސްތަކެއް ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް