ޗައިނާގެ ވިޔަފާރިވެރިންނާ ދެކޮޅަށް ކެންޔާގައި ހާހަކަށް ވުރެ ގިނަ ވިޔަފާރިވެރިން މުޒާހަރާކޮށްފިއެވެ.
މި މުޒާހަރާ ކުރިއަށް ގެންދަނީ ކެންޔާގެ އަމިއްލަ ވިޔަފާރިތަކުގައި އޮންނަ އަގުތަކަށް ވުރެ އެވްރެޖްކޮށް 45 ޕަސެންޓް ދަށް އަގުތަކެއްގައި ޗައިނާގެ ސްކުއެއާ ރީޓެއިލް އައުޓްލެޓްގައި މުދާ ވިއްކަން ފެށުމާއި ގުޅިގެނެވެ.
އެމީހުންގެ ރީޓެއިލް އައުޓްލެޓްތަކުގައި ބޭނުންކުރާ ޑަސްޓް ކޯޓްތަކެއް ލައިގެން ވިޔަފާރިވެރިން ވަނީ ޗައިނާގެ ރީޓެއިލް ވިޔަފާރިވެރިންނާ ދެކޮޅަށް ޕެޓިޝަނެއް ހުށަހެޅުމަށް ނައިބު ރައީސްގެ އޮފީހަށާއި މަޖިލީހަށް ގޮސްފައެވެ.
"ޗައިނާ މީހުންނަކީ އިމްޕޯޓަރުންނާއި، ރީޓެއިލް ވިޔަފާރިވެރިންނާއި، ހޯލްސޭލަރުންނާއި، ހޯކަރުންނަށް ނުވެވޭނެ،" މުޒާހަރާގެ ތެރޭގައި މީހަކު ހިފައިގެން ހުރި ބޯޑެއްގައި ލިޔެފައިވެ އެވެ. ބައެއް ބޯޑުތަކުގައި ޗައިނާ މީހުން ކެންޔާއިން ދިއުމަށްވެސް ވަނީ ގޮވާލާފައެވެ.
މި މައްސަލައަށް ހައްލެއް ގެނަދުމުގެ ގޮތުން ޗައިނާގެ ވިޔަފާރިވެރިންގެ އަތުން ލީސްކޮށްފައިވާ ތަންތަން ނަގާ، ލޯކަލް ވިޔަފާރިވެރިންނާ ހަވާލުކުރުމަށް ޓްރޭޑް މިނިސްޓަރު މޫސަސް ކުރިއާ ހުށަހެޅުއްވިއެވެ. ނަމަވެސް ކެންޔާގެ ފޮރިން މިނިސްޓްރީގެ ޕްރިންސިޕަލް ސެކްރެޓަރީ ކޮރިރް ސިންގްއޯއީ ޓްވިޓާގައި ވަނީ ވަކި ޤައުމެއް ބެލުމެއް ނެތި ހުރިހާ އިންވެސްޓަރުންނަށް މަރުހަބާ ކިޔާކަމަށް ވިދާޅުވެފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީގެ އެފްރިކާގެ އެންމެ އިސް އޮފިޝަލް ވޫ ޕެންގް ވަނީ ސިންގްއޯއީގެ މި ޓްވިޓަށް މަރުހަބާ ވިދާޅުވެފަ އެވެ.
އަދި ޗައިނާ ސްކުއަރގެ ވެރިޔާ ލޭ ޗެންގް ލޯކަލް ނޫހަކަށް މައުލޫމާތުދެމުން ބުނެފައިވަނީ ފިހާރަ ހުޅުވަން އިންސްޕަޔަރވީ ނައިރޯބީގެ ސުޕަމާކެޓެއްގެ އަގުތައް މާ ބޮޑު ކަމަށް ފެނުމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް