މީހެއްގެ އިނގިލީގައި ދަތް އަޅައި ބުރިކޮށްލި ބިދޭސީއަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ބަންގަލަދޭޝްގެ، އުމުރުން 28 އަހަރުގެ އެ މީހާގެ މައްޗަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ދައުވާ އުފުލާފައެވެ.
ތަހުގީގު މަރުހަލާ އާއި ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރަން ކްރިމިނަލް ކުރި ހުކުމުން އެނގޭ ގޮތުގައި އޭނާ ވަނީ ތޫނު ހަތިޔާރަކުން ދެ މީހަކަށް އަނިޔާތަކެއް ދީ،ދަތް އަޅައިގެން މީހެއްގެ އިނގިލި ބުރިކޮށްލާފަ އެވެ.
މިގޮތުން މި އަމަލުތަކުގެ އަނިޔާވެރިކަމަށް ބަލާއިރު އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ފެންނަ ކަމަށް ނިންމާ ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް ހުކުމް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް