ނާޒިމް އިސްވެ ހުންނަވައި އަނެއްކާވެސް ބަޣާވާތެއް ރާވާ ކަމަށް ޝަހީމް ތުހުމަތު ކުރައްވައިފި

އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައި އަނެއްކާވެސް ގަޣާވާތެއް ކުރަން ދޮގު ހަދައިގެން ރާވަމުންދަ ކަމުގެ ތުހުމަތު ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައ...

04 Mar 2023 | 08:12

އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައި އަނެއްކާވެސް ގަޣާވާތެއް ކުރަން ދޮގު ހަދައިގެން ރާވަމުންދަ ކަމުގެ ތުހުމަތު ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކުރައްވައިފި އެވެ.

އޭނާ މިގޮތަށް ވިދާޅުވީ އެމްއެންޕީން ސޯޝަލް މީޑިއާ މެދުވެރިކޮށް ގެނެސްދިން ޕްރޮގްރާމެއްގައި ރާއްޖޭގެ ސަލަތާމަތާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ނެވެ. ނާޒިމް ވިދާޅުވީ ހާރިޖީ ސިޔާސަތުގައި އެއްވެސް މިނިވަންކަމެއް ރާއްޖެއަށް ނެެތް ކަމަށެވެ.

މި އިންޓަވިއު އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވާ ގްރޫޕަކާއި ހިއްސާ ކުރައްވާފައި އެވެ.

އެއަށް ރައްދު ދެއްވައި އަނދުން ހުސައިންް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ހުރިހާ ގައުމަކާއި އެކުގައި ކަމަށެވެ. އެގޮތުން ކޮމަންވެލްތާއި ގަތަރާއި އެކު ރާއްޖެއިން ކަނޑާލި ގުޅުން އަލުން ގާއިމް ކުރީ މި ސަރުކާރުން ކަމަށް ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ދާއިރާގައި ގުޅުން އޮތްވަރު ސާފުކޮށްދެއްވަމުން އަނދުން ހުސައިން ވިދާޅުވީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން އިންޑިއާގެ ދެ ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން ހަވާލުކޮށްފައި އޮތީ ޗައިނާގެ ކުންފުންޏަކާއި ކަމަށެވެ.

ހުސައިން ވިދާޅުވީ އޭގެން އެއްވެސް ކުންފުންޏަކާއި އެކު ސަރުކާރުން ޖޮއިންޓްވެންޗާ ނުހަދާ ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ބިމެއް އަދި ރަށެއް އެއްވެސް ގައުމަކަށް އަދި އަސްކަރިއްޔާއަށް އެގްރިމެންޓުކޮށް ދީފައި ނުވާނެ ކަމަށެވެ.

މި ސަރުކާރުގެ ފޮރިން ޕޮލިސީއަކީ އެއްވެސް ގައުމަކަށް ތަފާތު ކުރުމެއް ނެތި ކުރިޔަށް ގެންދާ ޕޮލިސީއެއް ކަމަށެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ނާޒިމްގެ ބައިވެރިވުމާައި އެކު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލީވެސް ބަގާވާތަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް