ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތިން ޤައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން މިއަދު ވަޑައިގެންނަވާނީ ޤަޠަރުގެ ވެރިރަށް ދޯހާ އަށް ކަމަށެވެ. މި ދަތުރުފުޅުގައި ދޯހާގައި ބާއްވާ، އެންމެ ކުޑަކޮށް ތަރައްޤީ ވެފައިވާ ޤައުމުތަކުގެ އދ.ގެ ފަސްވަނަ ކޮންފަރެންސް ގައި ބައިވެރިވެވަޑައި ގެންނެވުމަށް ވަނީ ހަމަޖެހިފައި އެވެ.
ޤަޠަރަށްފަހު ރައީސް ވަޑައިގެންނަވާނީ ސާރބިއާ އަށެވެ. މިދަތުރުފުޅުގައި ދެ ޤައުމުގެ ސަރުކާރުގެ ދެމެދުގައި އެއްބަސްވުންތަކެއް ގައި ސޮއި ކުރެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ރައީސް އޮފީހުން ހާމަ ކުރެއެވެ.
މީގެ އިތުރުން ރައީސްގެ މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ވަޑައިގެންނަވާނީ ޖަރުމަނުވިލާތަށެވެ. މި ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް ފްރޭންކް ވޯލްޓަރ ސްޓައިންމަޔަރއާ ބައްދަލު ކުރައްވައި ދެ ޤައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައި ކަމަށް ރައީސް އޮފީހުން ހާމަ ކުރެއެވެ.
އެންމެ ފަހުން ރައީސް ވަޑައިގެންނެވީ ސިންގަޕޫރަށެވެ. އެއީ ނުރަސްމީ ދަތުރުފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް