ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އެންޖިނީރިންގ އަދި މެތެމެޓިކްސް) ތައުލީމާއި ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި އުރީދޫއާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި ވިމެން އިން ޓެކް މޯލްޑިވްސްއާއި އެކު ކުރިއަށްގެންދާ އުރީދޫ ސްޓެމް ފެއަރ ކުރިޔަށް އެބަދެ އެވެ.
ދެ ދުވަހުގެ މުއްދަތަށް މި ފެއާ ކުރިޔަށް ދަނީ އިއްޒުއްދީން ސްކޫލްގައި އެވެ. މި ފެއާގައި ހަތް ސްކޫލަކުން ނޮވިސް، ޖޫނިއަރ އަދި ސީނިއަރ ކެޓަގަރީގައި ބައިވެރިވެފައިވެއެވެ.
މި ފައރގައި ބައިވެރިވެފައިވަނީ އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ، އިސްކަންދަރު ސްކޫލް، ބްރައިޓްވޭ އިންޓަނޭޝަނަލް، މަޖީދިއްޔާ ސްކޫލް އަދި ކަލާފާނު ސްކޫލެވެ. މި ފެއާގައި އިއްޔެ ކުރިޔަށް ދިޔައީ ބައިވެރިވި ސްކޫލް ކުދިން ދައްކާލާފައިވާ ޕްރޮޖެކްޓްތަކަށް ފަނޑިޔާރުން ބަލާ މާކްސް ދިނުމަށެވެ.
މި ފެއަރ އާންމުންނަށް ބަލައިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.
އުރީދޫ ސްޓެމް ފެއއާ މަގުސަދަކީ ސްޓެމް ދާއިރާއިން ދަރިވަރުން ހޭލުންތެރިކުރުވުމާއި، ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް ބޭނުންކޮށްގެން ހަގީގީ ދުނިޔޭގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ބާރުއެޅުމާއި، ސްޓެމް މާއްދާތައް ތަޖުރިބާކުރުމަށް ދަރިވަރުންނަށް ތަޢުލީމީ ތަޖުރިބާއެއް ހޯދައިދިނުމެވެ.
އުރީދޫއިން ބުނީ ފެއާގައި ދަރިވަރުން ހުށަހެޅި ޕްރޮޖެކްޓްތަކުގެ ނަތީޖާ އިޢުލާންކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 އިން ހަވީރު 6:00 އަށް ބާއްވާ އެވޯޑް ހަފްލާގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް