ރިތިކްގެ ކައިވެނި ނޮވެމްބަރުގައި، ސަބާ ބޭނުންވަނީ ވިންޓާ ވެޑިންއެއް!

ބޮލީވުޑްގެ ބަތަލް ރިތިކް ރޯޝަން އާއި ސަބާ އާޒާދްގެ ކައިވެނި މިއަހަރުގެ ނޮވެމްބަރު މަހު ކުރަން ހަމަޖައްސައިފި ކަމަށް ރިޕޯޓުުތައް ބުނެފި އެވެ. ދެމީހުންގެ ލޯބީގެ ކަންތައް ގަނޑު މީޑިއާއަށް ތިލަމީ މިދިޔަ އ...

04 Mar 2023 | 04:47

ބޮލީވުޑްގެ ބަތަލް ރިތިކް ރޯޝަން އާއި ސަބާ އާޒާދްގެ ކައިވެނި މިއަހަރުގެ ނޮވެމްބަރު މަހު ކުރަން ހަމަޖައްސައިފި ކަމަށް ރިޕޯޓުުތައް ބުނެފި އެވެ.

ދެމީހުންގެ ލޯބީގެ ކަންތައް ގަނޑު މީޑިއާއަށް ތިލަމީ މިދިޔަ އަހަރު ކުރީކޮޅު އެވެ. ގުޅުން މީޑިއާއަށް ތިލަވުމުން ދެމީހުން އުޅެން ފެށީ ވަރަށް ހާމަކަން ބޮޑު ގޮތަކަށެވެ.

އެންމެ ފަހުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މިހާރު ދެ ތަރިން ތިބީ ކައިވެންޏަކާއި ހިސާބަށް ގުޅުން ގެންދިއުމަށް ތައްޔާރުވެފައި އެވެ. އަދި ނޮވެމްބަރު މަހު ކައިވެނި ކުރަން ތައްޔާރު ކަމަށް ގާތް މީހަކު މީޑިއާގައި ބުނެފައި އެވެ.

އެމީހާ ބުނީ ނޮވެމްބަރަށް ކައިވެނި ކުރަން ނިންމީ ސަބާ ބޭނުންވާތީ ކަމަށާއި އޭނާ ބޭނުންވަނީ ވިންޓާ ވެޑިންއެއް ބާއްވަން ކަމަށެވެ. އެކަމަކު އިތުރު ތަފްސީލް ނުދީ ގާތް މިހާ ބުނީ ކައިވެނީގެ ވާހަކަތައް ރިތިކާއި ސަބާ ހާމަކުރަންދެން ޕަޕަރާޒީންނާއި ނޫސްވެރިން މަޑުން ތިބުމަކީ އެންމެ ރަނގަޅުވާނެ ގޮތް ކަމަށެވެ.

ދެމީހުންގެ ކައިވެންޏާއި ގުޅޭގޮތުން ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ބުނީ އެ ކައިވެންޏާއި ގުޅޭ އެއްވެސް މައުލޫމާތެއް އަދި އޭނާއަށް ނޭނގޭ ކަމަށެވެ.

ރިތިކާއި ސަބާގެ ގުޅުން ކައިވެންޏާއި ހިސާބަށް ގޮސްފައިވާކަން އެނގެނީ ރިތިކްގެ އާއިލާ އާއި އެކު ސަބާ ހޭދަ ކުރާ ވަގުތު ގިނަވުމާއި ރިތިކްގެ ދެ ދަރިންނާއި އެކު ސަބާ ގިނަ ވަގުތުތަކެއް ހޭދަ ކުރުމެވެ. ސަބާ ވަނީ އެ ތިން ބަފައިންނާއި އެކު ގައުމުން ބޭރުގައިވެސް ޗުއްޓީ ހޭދަ ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް