އެމްއެންޔޫގެ ނާސިން ސްކޫލާއެކު ޓްރީ ޓޮޕް އިން އެއްބަސްވުމެއްގައި ސޮއި ކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީ (އެމްއެންޔޫ) ގެ ނާސިން ސްކޫލާއި ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލެއް ކަމުގައިވާ ޓްރީ ޓޮޕް ހޮސްޕިޓަލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޤައުމީ ޔުނިވަސިޓީގެ ފަރާތުން...

04 Mar 2022 | 14:42

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީ (އެމްއެންޔޫ) ގެ ނާސިން ސްކޫލާއި ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލެއް ކަމުގައިވާ ޓްރީ ޓޮޕް ހޮސްޕިޓަލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޤައުމީ ޔުނިވަސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ޗާންސެލަރު މުހައްމަދު ޝަރީފް އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ފަރާތުން ސޮއި ކުރެއްވީ އެތަނުގެ އޯނާސް ރެޕްރެޒެންޓޭޓިވް ސަރާ މޫސާ އެވެ.

މި އެއްބަސްވުމުގެ ދަށުން އެމްއެންޔޫގައި ނާސިން ކިޔަވަމުންދާ ދަރިވަރުންގެ ކްލިނިކަލް މާއްދާތަކުގެ ބައެއް ބައިތައް ޓްރީ ޓޮޕް ހޮސްޕިޓަލްގައި ކުރިއަށް ގެންދާނެއެވެ.

މީގެ އިތުރުން ކިޔެވުމުގެ ބައިތައް ހޮސްޕިޓަލްގައި ތަޖުރިބާކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް