ހއ. ކެލާއިން ފުރައިގެން މާލެ ދަތުރުކުރި ބޯޓެއް މާލެ އަތޮޅު ޒިޔާރަތްފުށި ކައިރީގައި އޮތް ފަރަކަށް އެރުމާ ގުޅިގެން، އެ ދޯނީގައި ތިބި މީހުން އެމްއެންޑީއެފް ކޯސްޓްގާޑު މާލެ އޭރިއާ ސެކަންޑް ސްކޮޑަރަންއިން މާލެ ގެނެސްދީފިއެވެ.
އެމްއެންޑީއެފް އިން ބުނީ ފަރަށް އެރީ "ސަވާރީ" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ.
މި ބޯޓު ފަރަށް އެރި ކަމުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ މިއަދު ފަތިހު 04:01 ހާއިރުއެވެ.
ހާދިސާގެ ރިޕޯޓް ލިބުމާ އެކު، ކޯސްޓްގާޑް މާލެ އޭރިއާ ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް އެ ސަރަހައްދަށް ގޮސް އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެމްއެންޑީއެފް އިން ހާމަކުރެއެވެ.
އެގޮތުން، ބޯޓުން ދަތުރުކުރި ފަސިންޖަރުންގެ ތެރޭގައި ހިމެނުނު ހަ އަންހެނުންނާއި ތިން ކުޑަކުދިނާއެކު ޖުމްލަ 19 މީހުން ކޯސްޓްގާޑް މާލެ އޭރިއާ ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓްގައި މިއަދު ހެނދުނު 06:25 ހާއިރު ވަނީ މާލެ ގެނެސްދީފައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް