ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިވާނަމަ ޕީސީއާރާ ނުލައި ރާއްޖެ އާދެވޭގޮތް ހަދައިފި

ބޭރުން ރާއްޖެއަށް އަންނަ މީހުންގެ ތެރެއިން ކޯވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ ފަރާތްތަކުން ޕީސީއާރާ ނުލައި ރާއްޖެ އާދެވޭގޮތަށް އުސޫލު ބަދަލުކޮށްފިއެވެ. ކޯވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން ރާ...

04 Mar 2022 | 14:37

ބޭރުން ރާއްޖެއަށް އަންނަ މީހުންގެ ތެރެއިން ކޯވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ ފަރާތްތަކުން ޕީސީއާރާ ނުލައި ރާއްޖެ އާދެވޭގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.

ކޯވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން ރާއްޖެއަށް އަންނަ މީހުން ޕީސީއާރު ޓެސްޓު ހަދާގޮތަށް މީގެކުރިން އުސޫލު ކަނޑައަޅާފައި އޮތަސް އެކަން އެ ޤަވާއިދަށް މާދަމާއިން ފެށިގެން ބަދަލު ގެންނަން އެޗްޕީއޭއިން މިއަދު ނިންމައިފިއެވެ.

އެޗްޕީއޭއިން މިއަދު ބުނީ މާދަމާއިން ފެށިގެން ރާއްޖެ އަންނަ މީހުންގެ ތެރެއިން، ޑަބްލިއޫ އެޗް.އޯ.އިން އިމަރޖެންސީ ޔޫސް ލިސްޓްގައި ހިމަނާފައިވާ ނުވަތަ ރާއްޖޭގައި ބޭނުންކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަދީފައިވާ ކޯވިޑް-19 ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން ރާއްޖެ އެތެރެވާއިރު ޕީ.ސީ.އާރު ޓެސްޓް ހަދަން ނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ގެސްޓް ހައުސް ހިންގާ ރަށްތަކުގައި ތިބޭ ފަތުރުވެރިން، ރާއްޖެއިން ފުރުމުގެ ކުރިން ހަދަންޖެހޭ ޕީ.ސީ.އާރު ޓެސްޓްވެސް ދެން ހަންދަން ނުޖެހޭނެކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް