އަވައްޓެރި ސްރީ ލަންކާގެ އެނާޖީ މިނިސްޓަރު އުދަޔަ ގައްމަންޕިލަ އާއި އިންޑަސްޓްރީޒް މިނިސްޓަރު ވިމާލް ވީރަވަންސާ މަގާމުން ވަކިކޮށްފި އެވެ.
މި ދެ މިނިސްޓަރުން ވަޒީފާއިން ވަކިކޮށްފައި މިވަނީ ލަންކާ ސަރުކާރުގެ މާލީ ސިޔާސަތަށް ފަޑު ކިޔައި ފިނޭންސް މިނިސްޓަރު ބާސިލް ރާޖަޕަކްސާއަށް ފަޑުކިޔުމުންނެވެ. ބާސަލް އަކީ ރައީސް ގޯޓާބޭ ރާޖަޕަކްސާ އާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ ކޮއްކޮ އެވެ.
ބޭރު ފައިސާ ލިބުން ދަތިވެ، ލަންކާގެ މާލީ ހާލަތު ގޯސްވެ މިދަޑިވަޅު ގައުމު އޮތީ ތެލަށް ޖެހިފަ އެވެ. މިދިޔަ ބުދަ ދުވަހުން ފެށިގެން އާންމު ދަތުރުފަތުރުގެ ހިދުމަތް ގާތްގަނޑަކަށް ހުއްޓުމަކަށް އައި އިރު ކޮންމެ ދުވަހަކު ހަތް ގަޑިއިރަށް މުޅި ލަންކާއިން ދަނީ ކަރަންޓު ކަނޑަމުންނެވެ.
އެ ދެ ބޭފުޅުން މަގާމުން ވަކި ކުރީ ސަރުކާރަށް ފާޑުކިޔައިގެންކަން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. ލަންކާގެ ރިޔާސީ ތަރުޖަމާން ކިންގްސްލީ ރަތުބަޔަކަ ވިދާޅުވެފައިވަނީ ދެ ބޭފުޅުން މަގާމުން ވަކި ކުރީ ރައީސްއަށް ލިބިދޭ ރިޔާސީ ބާރުގެ ދަށުން ކަމަށެވެ.
އާ އެނާޖީ މިނިސްޓަރުގެ މަގާމަށް ހަމަޖައްސައިފައި ވަނީ ޕަވާ މިނިސްޓަރުގެ މަގާމުގައި ހުންނެވި ގާމިނީ ލޮކުގެ އެވެ.
އިންޑަސްޓްރީޒް މިނިސްޓަރަކަށް އައްޔަން ކޮށްފައިވަނީ އެސްބީ ދިއްސަނަޔަކޭ އެވެ. އޭނާ އަކީ ލަންކާގެ މަޖިލީސް މެމްބަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް