ޔޫކްރެއިންގައި ހުންނަ ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިއާ ޕްލާންޓަށް ހަމަލާދީފި

ޔޫކްރެއިންގައި ހުންނަ ޔޫރަޕްގެ އެންމެ ބޮޑޫ ނިއުކްލިއާ ޕްލާންޓަށް ރަޝިއާ ސިފައިން ހަމަލާދީ އަލިފާން ރޯކޮށްލައިފި އެވެ. ޒަޕޮރިއްޒިއާ ނިއުކްލިއާ ޕްލާންޓަށް މި ހަމަލާ ދީފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި...

04 Mar 2022 | 09:13

ޔޫކްރެއިންގައި ހުންނަ ޔޫރަޕްގެ އެންމެ ބޮޑޫ ނިއުކްލިއާ ޕްލާންޓަށް ރަޝިއާ ސިފައިން ހަމަލާދީ އަލިފާން ރޯކޮށްލައިފި އެވެ.

ޒަޕޮރިއްޒިއާ ނިއުކްލިއާ ޕްލާންޓަށް މި ހަމަލާ ދީފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި އެވެ.

ޔޫކްރެއިންގެ ކަމާ ބެހޭ އިދާރާތަކުން ބުނީ އެ ސަރަހައްދަށް އަލިފާން ނިވާ މީހުންނަށް ވަދެވުނީ ފަތިހު ޔޫކްރެއިން ގަޑިން5:30 ހާއިރު ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. ރަޝިއާގެ ހަމަލާތަކުގައި އަލިފާން ރޯވީ އެތަނުގެ ޓްރެއިނިން އިމާރާތެއްގައި އެވެ.

ބައިނަލްއަގުވާމީ އެޓޮމިކް ހަކަތައާ ބެހޭ އެޖެންސީން ބުނީ އެ ސައިޓުގައި ރޭޑިއޭޝަން ލެވެލް އަށް ބަދަލެއް އައިސްފައި ނުވާ ކަމަށް ޔުކްރޭނުގެ ކަމާބެހޭ ފަރާތްތަކުން އަންގާފައިވާ ކަމަށެވެ.

ޔުކްރޭނުގެ އިމަޖެންސީ ސާވިސް އިން ބުނީ ޕަވަ ޕްލާންޓުގެ އަލިފާންގަނޑު މިއަދު ހެނދުނު ނިއްވާލާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް