ޕްރިންސިޕަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމް އިފްތިތާހުކޮށްފި

ހުރިހާ ޚަރަދެއް ދޭގޮތަށް ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ސްކޫލްތަކަށް ބޭނުންވާ ޕްރިންސިޕަލުން ތަމްރީން ކުރުމަށްޓަކައި ކުރިއަށްގެންދާ "ޕްރިންސިޕަލުން ތަމްރީން ކުރުމުގެ ސްްކޮލަޝިޕް ޕްރޮގ...

04 Mar 2022 | 03:16

ހުރިހާ ޚަރަދެއް ދޭގޮތަށް ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ސްކޫލްތަކަށް ބޭނުންވާ ޕްރިންސިޕަލުން ތަމްރީން ކުރުމަށްޓަކައި ކުރިއަށްގެންދާ "ޕްރިންސިޕަލުން ތަމްރީން ކުރުމުގެ ސްްކޮލަޝިޕް ޕްރޮގްރާމް" އިފްތިތާހްކޮށްފިއެވެ.

މި ސްކޮލަޝިޕް ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ އެކަމަށް ޙާއްސަކޮށް އިސްކަންދަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެވެ.

މި ސްކޮލަޝިޕް ސްކީމްގެ ދަށުން 20 ޕްރިންސިޕަލުނަށް ވަނީ ސްކޮލަޝިޕަށް ހޮވުނު ކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ސްކޮލަޝިޕް ލިބުނު ފަރާތްތައް ކިޔެވުން ފެށުމަށްޓަކައި މި މަހު މެލޭޝިއާ އަށް ފުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ފަރާތްތައް މެލޭޝިއާގެ ޔުނިވާސިޓީ އޮފް މަލާޔާ އިން މާސްޓާސް އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓް ކޯސް ފުރިހަމަކުރުމަށްފަހު 2023 ވަނަ އަހަރު އޭޕްރީލް މަހުގައި ޕްރިންސިޕަލުންގެ ގޮތުގައި ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރަން ފަށާނެ ކަމަށެވެ.

ތިން އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްެރާމް ނިމޭއިރު ސަރުކާރުން ހިންގާ ހުރިހާ ސްކޫލްތަކަށް ތަމްރީން ލިބިފައިވާ ޕްރިންސިޕަލުން ހަމަވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް