ސައުދީ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަނީ

ސައުދީ ސައޫދީ އަރަބިއްޔާގެ ގައުމީ އެއާލައިން، ސައުދިއާ އިން ރާއްޖެ އަށް ކުރާ ދަތުރުތައް ދެ ގުނަ އަށް އިތުރު ކުރުމަށް ނިންމާފައިފި އެވެ. ސައުދީ އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށީ މިދިޔަ އަހަރ...

04 Mar 2017 | 10:59

ސައުދީ ސައޫދީ އަރަބިއްޔާގެ ގައުމީ އެއާލައިން، ސައުދިއާ އިން ރާއްޖެ އަށް ކުރާ ދަތުރުތައް ދެ ގުނަ އަށް އިތުރު ކުރުމަށް ނިންމާފައިފި އެވެ.

ސައުދީ އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށީ މިދިޔަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހު އެވެ. ރިޔާދުން މާލެއަށް ފެށި އެ ދަތުރުތަކަށް ހަފްތާއަކު ދެ ފްލައިޓް ބާއްވައެވެ.

މިކަން ހާމަ ކުރައްވާފައިވަނީ އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރު އަބްދުލް ހަމީދު އަރަބް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެވެ.

ހަމީދު ވިދާޅުވީ ސައުދިއާ އިން ރާއްޖެ އަށް މިހާރު ހަފުތާއަކު ކުރަމުން އަންނަ ދެ ދަތުރުގެ ބަދަލުގައި ހަތަރު ދަތުރު ކުރަން ނިންމާފައިވާ ކަމަށެވެ. ހަތަރު ދަތުރުގެ ތެރެއިން ދެ ދަތުރު ކުރާނީ ސީދާ ޖިއްދާ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށް ސަފީރު ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ އިތުރު ދަތުރުތަކެއް ބާއްވަން ފެށުމުން ސައިދީން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވާނެ ކަމަށެވެ. އެކަމަކު އެ ދަތުރުތައް އެއާލައިނުން ފަށަނީ ކޮން ދުވަހަކުން ކަމެއް ހާމައެއް ނުކުރެ އެވެ.

ހަމީދު ވިދާޅުވީ ސައުދީން ރާއްޖެ އަންނަ ފަތުރުވެރިން އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން 2015 ވަނަ އަހަރާއި އަޅާ ބަލާއިރު 2016 ވަނަ އަހަރު ރާއްޖެ އައި ސައުދީ ފަތުރުވެރިންގެ އަދަދު ވަނީ 39.5 ޕަސެންޓު އިތުރުވެފައި އެވެ.

ސައުދީ އަރަބިއްޔާއިން 2015 ވަނަ އަހަރު 15749 ސައުދީ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، ނިމިގެން މިދިޔަ އަހަރު އެ އަދަދު ވަނީ 21944 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް