މެޑަމް ފާތުން ގއ. އަތޮޅުގައި

ޕީޕީއެމްއިން ކުރިޔަށް ގެންދާ "އެންމެ ގާތުން" ޕްރޮގްރާމްގެ ދަށުން ގއ. އަތޮޅުގެ ރަށްތަކަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ވަޑައިގެންފި އެވެ. މެޑަމް ފާތުންގެ މިދަތުރުފުޅުގައި ...

04 Mar 2017 | 10:31

ޕީޕީއެމްއިން ކުރިޔަށް ގެންދާ "އެންމެ ގާތުން" ޕްރޮގްރާމްގެ ދަށުން ގއ. އަތޮޅުގެ ރަށްތަކަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ވަޑައިގެންފި އެވެ.

މެޑަމް ފާތުންގެ މިދަތުރުފުޅުގައި މިއަދު ވިލިނގިލި އަދި ކޮލަމާފުށްޓަށް ވަޑައިގެންނަވާނެ އެވެ. އިއްޔެ ވަނީ އެ އަތޮޅުގެ ނިލަންދޫ އަދި މާމެންދޫއަށް ވަޑައިގެންފައި އެވެ.

މެޑަމްގެ މި ދަތުރުފުޅުގައި އެ ރަށްރަށުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި އެވެ. އަދި އެ ފަރާތްތަކުގެ ހާލު ބަލައި، އެމީހުންނަށް ބޭނުން ވަނީ ކޮން ކަމެއްތޯ އޮޅުން ފިލުއްވާނެ ކަމަށް މެޑަމް ފާތުންގެ އޮފީހުން މައުލޫމާތުދެ އެވެ.

ގއ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މެޑަމްގެ އަރިހުގައި މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނަވަ އެވެ.

"އެންމެ ގާތުން" ޕްރޮގްރާމްގެ ދަށުން މެޑަމް ފާތުން ވަނީ މިދިޔަ މަހު ނ. އަތޮޅުގެ ރަށްތަކުގެ ރައްޔިތުންނާއިވެސް ބައްދަލު ކުރައްވާފައި އެވެ. އޭގެ ކުރިން ވަނީ ހުޅުމާލެއަށްވެސް ޒިޔާރަތް ކުރައްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް