ޓައިގާ ޝްރޮފް އަންހެން ދުޅާ ކަމަށް ބުނެ ރާމް ގޯޕާލް މަލާމާތްކޮށްފި

ކުރި އަރަމުން އަންނަ ބޮލީވުޑްގެ ތަރި ޓައިގާ ޝްރޮފް މާ އަންހެން ދުޅާ ކަމަށް ބުނެ މަޝްހޫރު ޑައިރެކްޓަރު ރަމް ގޯޕާލް ވަރުމާ މަލާމާތް ކޮށްފި އެވެ. އޭނާ މަލާމާތް ކޮށްފައިވަނީ ޓައިގާ ޝްރޮފްގެ ފިލްމެއް ކަމަށ...

04 Mar 2017 | 07:26

ކުރި އަރަމުން އަންނަ ބޮލީވުޑްގެ ތަރި ޓައިގާ ޝްރޮފް މާ އަންހެން ދުޅާ ކަމަށް ބުނެ މަޝްހޫރު ޑައިރެކްޓަރު ރަމް ގޯޕާލް ވަރުމާ މަލާމާތް ކޮށްފި އެވެ.

އޭނާ މަލާމާތް ކޮށްފައިވަނީ ޓައިގާ ޝްރޮފްގެ ފިލްމެއް ކަމަށްވާ "ބާގީ" އަށް ނަގާފައިވާ ފޮޓޯއެއް ޓްވީޓު ކުރުމަށް ފަހު އެވެ. އެ ފޮޓޯއިން ފެންނަނީ ޓައިގާ މޫދުން އަރައިގެން އަންނަ ތަނެވެ.

ޓައިގާ ޝްރޮފް އަށް މަލާމަތްކޮށް ރާމް ގޯޕާލް ކުރީ އެންމެ ޓުވީޓެއް ނޫނެވެ. ފަސް ޓުވީޓު ކޮށްފައިވާއިރު ޖުމްލަކޮށް ބުނެފައިވަނީ ފިރިހެން ވަންތަކަށް ޓައިގާ ގެ ބައްޕަ ޖެކީ ޝްރޮފް ކައިރިން އޭނާ ދަސްކުރަން ޖެހޭ ކަމަށެވެ.

އެ ފޮޓޯގައި ޓައިގާ ހީވަނީ "ބިކިނީ ބޭބީ" އެއް ހެން ކަމަށާއި ބްރޫސް ލީ އާއި ޖެކީ ޝްރޮފް އެގޮތަށް ފޮޓޯއަށް ނުހުއްޓޭނެ ކަމަށް ބުނެފައިވެ އެވެ. ރާމް ގޯޕާލް ބުނީ ޓައިގާ ޝްރޮފް އެހެން އަރައިގެން އަންނަ އިރު ހީވަނީ އުރްމިލާ މަތޮންދްކަރް އަރައިގެން އަންނަ ހެން ކަމަށްވެސް ބުނެފައިވެ އެވެ.

ރާމް ގޯޕާލް، ޓައިގާއަށް މަލާމާތް ކުރި އިރު ޓައިގާ އަކީ އޭނާ މިހާރު ޑައިރެކްޓުކޮށް ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ސަރްކާރް 3" ގައި ފެނިގެންދާނެ ތަރި އެކެވެ. ރާމް ގޯޕާލް އަކީ އާންމުކޮށް ޓުވިޓާގައި މީހުންނަށް މަލާމަތް ކުރާ މީހެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް