ސުޕަރ އެމްޗާޖް ގެ ނަމުގައި، އެއްމެ 20 މިނެޓުން ފޯނު ޗާޖު ކޮށްލެވޭ ޓެކްނޮލޮޖީއެއް ތައާރަފްކޮށްފި އެވެ. މި ޓެކްނޮލޮޖީ ތައާރަފްކޮށްފައިވަނީ މެއިޒޫ ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.
މި ޓެކްނޮލޮޖީ ތައާރަފް ކޮށްފައިވަނީ ބާސެލޯނާގައި ކުރިއަށްދިޔަ މޯބައިލް ވޯލްޑް ކޮންގްރެސްގަ އެވެ. މި ޓެކްނޮލޮޖީއަކީ މިހާރު ބޭނުންކުރަމުން އަންނަ މޮޓޮރޯލާ ޓާބޯ ޕަވާ އާއި ކުއަލްކޮމް ކުއިކް ޗާޖް ޓެކްނޮލޮޖީއަށްވުރެ އަވަހަށް ޗާޖްކޮށްދޭ ޓެކްނޮލޮޖީ އެކެވެ.
މި ޓެކްނޮލޮޖީ އަދި އެއްވެސް ފޯނެއްގައި ބޭނުންކުރިކަން ނުވަތަ ނޫންކަން މެއިޒޫއިން ހާމަކޮށްފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް