ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެފި، އެކަމަކު މާދަމާ އިން ފެށިގެން ވިއްސާރަ އަލިވާން ފަށާނެ

މިހާރު ކުރަމުން ދާ ވިއްސާރައިގެ ސަބަބުން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެފި އެވެ. މެޓް އޮފީހުން ވައިޓް އެލާޓު ނެރެފައިވަނީ ހއ. އަތޮޅާއި މ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. ވައިޓް އެލާޓު ނެރެފަ...

04 Mar 2017 | 04:21

މިހާރު ކުރަމުން ދާ ވިއްސާރައިގެ ސަބަބުން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެފި އެވެ.

މެޓް އޮފީހުން ވައިޓް އެލާޓު ނެރެފައިވަނީ ހއ. އަތޮޅާއި މ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. ވައިޓް އެލާޓު ނެރެފައިނީ މިއަދު ހެނދުނު 8:30 ން މެންދުރު ފަހު 2:30 އަށެވެ.

މި ވަގުތުތަކުގައި އެ އަތޮޅުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުމާއި އެކު ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ބުނެ އެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ވައިޓް އެލާޓު ނެރެނީ ރައްކާތެރިވެ ތިބުމަށް ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ.

މިދިޔ ހަފްތާއެއްހާ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރަމުން ދާއިރު މެޓް އޮފީހުން ބުނެފައިވަނީ މާދަމާއިން ފެށިގެން ވިއްސާރަ އަލިވާން ފަށާނެ ކަމަށެވެ. އަދި މިހާރުވެސް ދެކުނުގެ އަތޮޅު ތަކަށް މޫސުން ރަނގަޅު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް