މަރުގެ އިންޒާރު ދިނަސް ބައްޕަ ހުރިހާހިނދަކު ހާހެއް ނުވޭ: އާލިއާ ބަޓް

ފެބްރުއަރީ މަސް ނިމެންދަނިކޮށް އަޑުއިވިގެންދިޔައީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރ މަހޭޝް ބަޓް އަށް ބަޔަކު ގުޅައި 50 ލައްކަ ރުޕީސް އުއްތަރް ޕްރަދޭޝްގެ ލަކްނޯގެ ބޭންކް އެކައުންޓަކަށް ޖަމާކުރަން އަންގައި...

04 Mar 2017 | 02:25

ފެބްރުއަރީ މަސް ނިމެންދަނިކޮށް އަޑުއިވިގެންދިޔައީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރ މަހޭޝް ބަޓް އަށް ބަޔަކު ގުޅައި 50 ލައްކަ ރުޕީސް އުއްތަރް ޕްރަދޭޝްގެ ލަކްނޯގެ ބޭންކް އެކައުންޓަކަށް ޖަމާކުރަން އަންގައި އޭނާއަށް މަރުގެ އިންޒާރު ދިން ޚަބަރެވެ. އަދި އެހިސާބުން ނިމުނީކީ ނޫނެވެ. އިންޒާރު ދިން މީހާ ވަނީ އެ ފައިސާ ޖަމާނުކޮށްފި ނަމަ މަހޭޝް ބަޓްގެ އަންހެނުން ސޯނީ ރަޒްދާން އާއި ދަރިފުޅު އާލިއާ ބަޓް މަރާލާނެ ކަމަށްވެސް ބުނެފައެވެ. އިންޒާރު ދީފައިވަނީ ގުޅައިގެން އެކަންޏެއް ނޫނެވެ. ވަޓްސް އަޕް މެދުވެރިކޮށާއި މެސެޖުންވެސް އެތައް ފަހަރަކު އެމިހާ އިންޒާރު ދީފައިވާކަމަށްވެއެވެ.

މިއިންޒާރުތަކާއި ގުޅިގެން އާލިއާ ބަޓް އެންމެފަހުން މިވަނީ މިކަމާގުޅޭގޮތުން ވާހަކަދައްކާފައެވެ. އާލިއާ ބަޓް އާއި މީޑިޔާއިން ސުވާލުކުރުމުން އޭނާ ބުނެފައިވަނީ ބައްޕަ ހުރުމުން އެކަމާ އޭނާ ބިރު ނުގަންނަކަމުގައެވެ.

" ބައްޕަ އާއި ޕޮލިސް ގުޅިގެން މިކަން މިހާރު ހައްލުކުރެވިފައިވާހެން އަހަންނަށް ހީވަނީ. އެހެންކަމުން އަހަރެން އެއްވެސް ވަރަކަށް މިކަމާ ބިރެއްނުގަނޭ. އަހަންނަށް ހީވަނީ މިމައްސަލަ މިހާރުވަނީ ހައްލުކުރެވިފައިހެން. އެހެންނޫނަސް ބައްޕަ ހުއްޓާ އަހަރެން އެއްވެސްކަމަކާ ހާހެއް ނުވޭ." އާލިއާ ބުނެފައިވެއެވެ.

މީހަކު މަރުގެ އިންޒާރުދިން މައްސަލަ މަހޭޝް ބަޓް ވަނީ ޕޮލިހަށް ހުށަހަޅާފައެވެ. އަދި މިމައްސަލަޔާ ގުޅިގެން ފުލުހުންވަނީ މީހަކު ހައްޔަރުވެސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް