އިންސާނުން ފޯނާ އިނދެ އަވަދިވެއްޖެ !

ޒަމާނަށް އަންނަ ބަދަލާއެކު އެއްމެ ބޮޑު ބަދަލެއް އަންނަމުން މިދަނީ ޓެކްނޮލޮޖީ އަށެވެ. ހާއްސަ ގޮތެއްގައި މޯބައިލް ޓެކްނޮލޮކީއަށް އަންނަ ބަދަލު ފާހަގަކޮށްލެވެ އެވެ. ނަމަވެސް އެ ޓެކްނޮލޮޖީގެ ބޭނުން އަހަރެ...

03 Mar 2017 | 23:52

ޒަމާނަށް އަންނަ ބަދަލާއެކު އެއްމެ ބޮޑު ބަދަލެއް އަންނަމުން މިދަނީ ޓެކްނޮލޮޖީ އަށެވެ. ހާއްސަ ގޮތެއްގައި މޯބައިލް ޓެކްނޮލޮކީއަށް އަންނަ ބަދަލު ފާހަގަކޮށްލެވެ އެވެ. ނަމަވެސް އެ ޓެކްނޮލޮޖީގެ ބޭނުން އަހަރެމެންނަށް މި ކުރެވެނީ އެއްމެ ހެޔޮގޮތުގައިތޯ ނޫނީ މިކަމުގައި ހައްދު ފަހަނައަޅައި ދިއުމަކީ އެއްމެ ރަނގަޅު ގޮތްތޯ ސުވާލު އުފައްދަން އެބަ ޖެހެ އެވެ.

އެމެރިކާގެ ފްލަރީ އެނަލެޓިކްސް އިން މިދިޔަ ހަފްތާގައި އާއްމުކޮށްފައިވާ ބައެއް ޑާޓާތަކަށް ނަޒަރު ހިންގާލާއިރު އަހަރެމެން އިންސާނުން ފޯނަށް ދެވިހިފާފައިވާ މިންވަރު ކިތައްމެ ރަނގަޅަކަށްވެސް ދައްކުވައިދެ އެވެ. އެ ޑާޓާ ތަކަށް ނަޒަރު ހިންގާލާއިރު އެވްރެޖްކޮށް ދުވާލަކު ފަސް ގަޑިއިރު ފޯނާ ކުޅުމުގައި މީހުން ހޭދަ ކުރެ އެވެ. އަދި މި އެވްރެޖް އަހަރަކުން އަހަރަކަށް އަންނަނީ އިންތިހާއަށް އިތުރު ވަމުންނެވެ.

އެ ޑާޓާ ތަކަށް ބަލާއިރު 2015 ވަނަ އަހަރާއި އަޅާ ބަލާއިރު އިންސާނުން ފޯނާ ކުޅުމުގައި ހޭދަކުރާ މިންވަރު 2015 ވަނަ އަހަރާއި އަޅާ ބަލާއިރު 20 އިންސައްތަ ވަނީ އިތުރު ވެފަ އެވެ.

ފޯނުން އެއްމެ ގިނައިން ކުރާ އެއް ކަމަކީ ނެޓަށް ވަނުން ކަމަށްވާއިރު އަހަރުން އަހަރަށް އަޅާކިޔާއިރު ފޯނުން ނެޓަށް ވަންނަ އަދަދު އަންނަނީ ދަށްވަމުންނެވެ. އެގޮތުން ފޯނާ ކުޅުމުގައި ހޭދަކުރާ ވަގުތުތަކުގެ ތެރެއިން 20 އިންސައްތަ ވަގުތު ހޭދަކުރަނީ ނެޓަށް ވަނުމުގައިކަން 2013 ވަނަ އަހަރު ދެއްކި ނަމަވެސް މި އަހަރު އެ އަދަދު ވަނީ އަށް އިންސައްތަ އަށް ދަށްވެފަ އެވެ. މާނައަކީ އެހެނިހެން އެޕްލިކޭޝަންތަކުގައި ހޭދަކުރާ ވަގުތު ގިނަ ވުމެވެ.

އެ ޑާޓާތަކަށް ބަލާލާއިރު ފަސް ގަޑިއިރުގެ ތެރެއިން 51 އިންސައްތަ ވަގުތު ހޭދަކުރަނީ ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގަ އެވެ.

މި ޑާޓާތަކަށް ނަޒަރު ހިންގާލައި ބައެއް ތަޖުރިބާކާރުން ހާމަކޮށްފައިވާގޮތުގައި މީގެ ފަސް ވަރަކަށް އަހަރުފަހުން އިންސާނުން ގާތްގަނޑަކަށް ހަތް ގަޑިއިރު ފޯނާ ކުޅުމުގައި ހޭދަ ކުރާނެ އެވެ. އެހެންކަމަށްވާނަމަ އެކަމަކީ އިންސާނީ ޖީލަށް އެތަކެއް ގޮތަކުން ނޭދެވޭ އަސަރު ކުރާނެ ކަމެއްކަމުގައި ބައެއް ތަޖުރިބާކާރުން ވަނީ ހާމަކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް