ފަތާ ފެންގަނޑުތަ، ނޫނީ ގޮރު ފެންގަނޑުތަ ! މިއޮތީ ދިރާސާއެއްގެ ނަތީޖާ !

މިއީ ކެނެޑާގައި ހަމަ މި އަހަރު ތެރޭގައި ކޮށްފައިވާ ދިރާސާއެއްގެ ނަތީޖާ އެވެ. ކެނެޑާގެ ރިސާޗަރުންގެ ޓީމަކުން މި ދިރާސާކޮށްފައިވަނީ ފަތާ ފެންގަނޑެއްގައި ކުޑަކަމުދާތަކެތި އެކުލެވިގެންވަނީ ކިހާ މިންވަރަކަ...

03 Mar 2017 | 23:28

މިއީ ކެނެޑާގައި ހަމަ މި އަހަރު ތެރޭގައި ކޮށްފައިވާ ދިރާސާއެއްގެ ނަތީޖާ އެވެ. ކެނެޑާގެ ރިސާޗަރުންގެ ޓީމަކުން މި ދިރާސާކޮށްފައިވަނީ ފަތާ ފެންގަނޑެއްގައި ކުޑަކަމުދާތަކެތި އެކުލެވިގެންވަނީ ކިހާ މިންވަރަކަށްކަން ދެނެގަތުމުގެ ބޭނުމުގަ އެވެ.

ކެނެޑާގެ އަލްބާޓާ ޔުނިވާސިޓީގެ މި ޓީމުން ވަނީ މި ދިރާސާ ކުރުމަށް އެ ގައުމުގެ ދެ ސިޓީއެއްގެ 31 ފަތާ ފެންގަނޑަކުން 250 ސާމްޕަލް ނަގައިފަ އެވެ. ތަހުލީލަށްފަހު ލިބުނު ނަތީޖާ އެ ޓީމުން މިހާރު މިވަނީ ހާމަކޮށްފަ އެވެ.

އެ ނަތީޖާގައިވާގޮތުން 830000 ލިޓަރު (220000 ގެލަން) ފެން ހުންނަ ފަތާ ފެންގަނޑެއްގައި (އޮލިމްޕިކް ސައިޒް ފަތާ ފެންގަނޑެއްގެ ތިންބައިކުޅަ އެއްބައި ހުންނަ ވަރުގެ) 75 ލިޓަރު ކުޑަކަމުދާތަކެތި ހުރެ އެވެ. އަދި އެއަށްވުރެ ކުދި ފަތާފެންގަނޑުތަކުގައި 30 ލީޓަރު ކުޑަކަމުދާތަކެތި ހުރެ އެވެ.

އެ ދިރާސާގެ އަލީގައި މި ދިރާސާ ހެދި ޓީމުން އިތުރު ކަމެއްވެސް ވަނީ ފާހަގަކޮށްފަ އެވެ. އެއީ އިންސާނާގެ ކުޑަކަމުދާ ތަކެއްޗާއި ފަތާފެންގަނޑުގައި އެކުލެވޭ ކެމިކަލްތަކާއި ގަޑުބަޑުވުމުން ސިއްހީ މައްސަލަތަކެއްވެސް ކުރިމަތިވެދާނެ ކަމުގެ ވާހަކަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް