ޑިޕްރެޝަނަށް ހޭލުންތެރި ކުރުވުމަށް މީހަކު އަމިއްލައަށް ވަޅުލެވިއްޖެ، ސަންދޯކުގައި ތިން ދުވަހު އޮންނާނެ !

ޑިޕްރެޝަނަށާއި އަމިއްލައަށް މަރުވާން މަސައްކަތް ކުރާ މީހުން ހޭލުންތެރިކުރުވުމަށްކަމަށް ބުނެ މީހަކު އަމިއްލައަށް ވަޅުލެވިއްޖެ އެވެ. މި އާދަޔާ ހިލާފު ހަރަކާތް ހިންގާފައިވަނީ ޖޯން އެޑްވާޑް ނަމަކަށް ކިޔާ ...

03 Mar 2017 | 23:07

ޑިޕްރެޝަނަށާއި އަމިއްލައަށް މަރުވާން މަސައްކަތް ކުރާ މީހުން ހޭލުންތެރިކުރުވުމަށްކަމަށް ބުނެ މީހަކު އަމިއްލައަށް ވަޅުލެވިއްޖެ އެވެ. މި އާދަޔާ ހިލާފު ހަރަކާތް ހިންގާފައިވަނީ ޖޯން އެޑްވާޑް ނަމަކަށް ކިޔާ އިނގިރޭސިވިލާތުގެ ރައްޔިތެކެވެ.

ޖޯން އެޑްވާޑްގެ މި ހަރަކާތުގައި ހަރަކާތްތެރިވާ ޓީމުން ހާމަކޮށްފައިވާގޮތުގައި ތިން ދުވަސް ވާންދެން ސަންދޯކުގައި އޮންނަ އޮތުން ފޭސްބުކުގައި ލައިވް ސްޓްރީމް ކުރެވޭނެ އެވެ. އަދި ސްކައިޕް މެދުވެރކޮށް ޖޯން އޭނާގެ އާއިލާ މެމްބަރުންނާއި ވާހަކަ ދައްކާ ހަދާނެ އެވެ.

ޖޯން ވަޅުލެވިފައިވަނީ މިދިޔަ ބުދަ ދުވަހުގަ އެވެ. އޭނާގެ ސަންދޯއް ފަރުމާކޮށްފައިވަނީ ޒަރޫރީ އެއްމެހާ ކަންތައްތަކެއް ސަންދޯކުގެ ތެރޭގައި ކުރެވޭ ގޮތަށެވެ. ލެޕްޓޮޕާއި ފޮތްފޮތާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ކަންކަން އެ ސަންދޯކުގައި ވަނީ ގާއިމް ކޮށްފަ އެވެ.

ޖޯން ބުނެފައިވަނީ އޭނާއަކީ ކުރިން އެޑިކްޓެއް ކަމަށާއި އޭނާ ވަޅުލެވިފައި އޮންނަ އިރު އިންޓަނެޓް މެދުވެރިކޮށް މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން ސްޕީޗްތައް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް