ޓެރަރިޒަމް ނައްތާލުމަށާއި ބައިބައިވުން ނައްތާލުމަށް މުޅި މުސްލިމް އުންމަތް ގުޅިގެން މަސައްކަތްކުރާން ޖެހޭ ކަމުގައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވިދާޅުވެއްޖެ އެވެ.
ސައުދީ ރަސްގެފާނު މިހެންވިދާޅުފައިވަނީ އޭސިއާގެ ބައެއް ގައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑޮނޭޝިޔާގައި ހުންނަވައި، އިންޑޮނޭޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
"އަހަރެމެން ތިބެންވާނީ އެކަތިގަނޑެއްގެ ގޮތުގައި، ހާއްސަކޮށް މުސްލިމް އުންމަތުގެ ގައުމުތައް، ދިމާވާ ޓެރަރިޒަމްގެ މައްސަލަތަކާއި، އެއްގައުމު އަނެއް ގައުމަށް އިހްތިރާމް ކުރުމުގެ މައްސަލަތަކާއި، އެއްބަޔަކު އަނެއް ބައެއްގެ ދާހިލީ ކަންކަމަށް ގަދަރު ކުރުމާއި މި ކަންކަމުގައި އިސްލާމީ އުންމަތް އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރާންޖެހޭ" ސައުދީ ރަސްގެފާނު ވިދާޅުވެފައި ވެ އެވެ.
ސައުދީ ރަސްގެފާނުގެ ހިތާބުގައި، އިންޑޮނޭޝިޔާއިން ރަސްގެފާނަށް ދެއްވި މެހެމާންދާރީއާއި ބަހައްޓަވަމުން ގެންދަވާ ގާތްކަމަށް ޝުކުރު އަދ ކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް