ތުރުކީގެ ރައީސް އުރުދުޢާންގެ ވަރުގަދަ ތުހުމަތެއް ޖަރުމަނަށް !

ތުރުކީވިލާތުގެ ރައީސް ތައްޔިބު އުރުޢާން، ޖަރުމަނުވިލާތަށް ވަރުގަދަ ތުހުމަތެއް ކުރައްވައިފި އެވެ. އެއީ ޓެރަރިޒަމްގެ ކަންކަން ރާވާ ހިންގާ ގައުމަކީ ޖަރުމަނުވިލާތްކަމަށް ކުރެއްވި ތުހުމަތެވެ. އުރުދުޢާން ވި...

03 Mar 2017 | 21:47

ތުރުކީވިލާތުގެ ރައީސް ތައްޔިބު އުރުޢާން، ޖަރުމަނުވިލާތަށް ވަރުގަދަ ތުހުމަތެއް ކުރައްވައިފި އެވެ. އެއީ ޓެރަރިޒަމްގެ ކަންކަން ރާވާ ހިންގާ ގައުމަކީ ޖަރުމަނުވިލާތްކަމަށް ކުރެއްވި ތުހުމަތެވެ.

އުރުދުޢާން ވިދާޅުވެފައިވަނީ ނިމިދިޔަ ހަފްތާގައި ޓެރަރިޒަމްގެ ތުހުމަތާއެކު ތުރުކީން ހައްޔަރުކޮށްފައިވަނީ ޖަރުމަނުގެ ނޫސްވެރިއެއް ކަމަށެވެ. އަދި އެއީ ނޫސްވެރިއެއް ނޫން ކަމަށާއި އެއީ ސިއްރު އޭޖެންޓެއްކަމުގައި އުރުދުޢާން ވަނީ ސިފަ ކުރައްވައިފަ އެވެ.

އުރުދުޢާން ތުހުމަތު ކުރައްވާފައިވާގޮތުގައި ތުރުކީގައި މި ފަހަކަށް އައިސް ޓެރަރިޒަމްގެ ގިނަ ހަމަލާތަކެއް ދީފައިވާއިރު އެކަންކަން ރާވާ ހިންގުމުގައިވެސް ޖަރުމަނުވިލާތުގެ އަތެއް ވާކަން ފާހަގަ ކުރެވެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އުރުދުޢާން ޖަރުމަނު ދެކެ އެހާ ރުޅިގަދަވެގެން އުޅުއްވަނީ ޖަރުމަނުގައި އޮންނަ ތުރްކިސް/ކުރްދިސް ކޮމިއުނިޓީއާއި ބައްދަލުކޮށް ވާހަކަދައްކަން ދިޔަ ތުރުކީގެ ވަފްދެއް ޖަރުމަނުން ހުއްޓުވާ އަނބުރާ ގައުމަށް ފޮނުވާލުމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުގައި ތުރުކީގެ ތިން މިލިއަނަށްވުރެ ގިނަ މީހުން ޖަރުމަނުގައި ދިރިއުޅެތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް