ސަރުކާރުން އިސްލާމްދީނާއި ގާނޫނާއި ގަވާއިދާ ހިލާފު ކަންކަން ކުރާ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
އެ ޕާޓީން މިހެން ބުނެފައިވަނީ އެ ޕާޓީގެ ރަސްމީ ޓްވިޓާ އެކައުންޓްގައި މިރޭ އާންމުކުރި ކުރު ނިންމުމެއްގަ އެވެ.
އެ ނިންމުމުގައި ބުނެފައިވަނީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ކުރަމުންދާ އިސްލާމްދީނާއި ގާނޫނުތަކާއި ގަވާއިދާ ހިލާފު ކަންކަން އިސްލާހު ކުރުމަށް ގޮވާލާ ހައްގުބަސް ބުނުންމަތީ ދެމިތިބުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ނިންމާފައި ވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް