ސައުދީ އަރަބިއްޔާގެ ދަންމާމްގައި ހުންނަ ކިންގ ފަހުދު ސްޕެޝަލިސްޓް ހޮސްޕިޓުގައި އޮޕަރޭޝަނެއް ކުރަމުންދިޔަ ނޫސްވެރިއެއް ޑޮކްޓަރެއްގެ އިހުމާލުން މަރުވެއްޖެ އެވެ.
ސައުދީގެ ނޫހެއް ކަމަށްވާ އަލް ޔައުމް ގައި މަސައްކަތް ކުރާ މުހައްމަދު އަލް ތުބައިތީ ކިޔާ އެ ނޫސްވެރިޔާ މަރުވީ ފައިގެ ފަލަމަސްގަނޑުގައި އިން ޓިއުމަރެއް ނެގުމަށް އޮޕަރޭޝަން ކުރަމުން ދަނިކޮށް ޑޮކްޓަރަކަށް ނޭނގި އޭނާގެ މޫނުމަތީގައި އަޅާފައި އޮތް އޮކްސިޖަން މާސްކް ނެތްޓުމުންނެވެ. ޑޮކްޓަރަށް މާސްކް ނެތްޓިފައި އޮތް އެނގުނީ 10 މިނިޓް ފަހުން ކަމަށާއި އޭރު އޭނާ ހިތް ހުއްޓީފައި އޮންނަތާ 10 މިނިޓް ވެއްޖެ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައި ވެ އެވެ. އަދި އޭރު އޭނާ އޮތީ ކޯމާއަށް ގޮސްފަ އެވެ.
ފަހުން ޑޮކްޓަރުން އޭނާ ސަލާމަތް ކުރެވޭތޯ ވަރަށް މަސައްކަތް ކުރި ކަމަށްވެ އެވެ. ނަމަވެސް އޭރު އޭނާގެ ސިކުނޑިވެސް މަސައްކަތް ކުރުން ވަނީ ހުއްޓިފަ އެވެ.
އެ ހާދިސާ އާއި ގުޅިގެން ދަމްމާމްގެ އީސްޓަން ޕްރޮވިންސް ހެލްތް އެފެއާޒް އިން ވަނީ ތަހުގީގު ނިމެންދެން އެ އޮޕަރޭޝަން ކުރި ޑޮކްޓަރު ގައުމުން ބޭރަށް ދިއުން މަނާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް