އެއް ބަޔަކު އެގޯޅިން މިގޯޅިން ,އަނެއް ބަޔަކު ނަޝީދަށް ހުކުމް އިއްވުމަށް ގޮވާލާ މުޒާހަރާ ކޮށްފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގާ ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލާ އެމްޑިޕީން "އެގޯޅިން މިގޯޅިން" ނަމުގައ...

04 Mar 2015 | 13:32

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގާ ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލާ އެމްޑިޕީން "އެގޯޅިން މިގޯޅިން" ނަމުގައި މިއަދު ސައިކަލު ބުރެއް ބާއްވާފައިވާއިރު ނަޝީދުގެ ޝަރީއަށް އަވަސް ކުރުމަށް ގޮވާލާ ޕީޕީއެމުން މުޒާހަރާކޮށްފި އެވެ.

ނަޝީދުގެ ޝަރީއަތް އަވަސް ކުރުމަށް ގޮވާލާ މުޒާހަރާކޮށްފައިވަނީ ޕީޕީއެމްގެ ޒުވާނުން ތަކެކެވެ. މުޒާހަރާ ފަށާފައިވަނީ 4:30 ހާއިރުއެވެ. އެ މުޒާހަރާގެ ބައިވެރިންވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ ގެ ކައިރިއަށްގޮސް ރައީސް ނަޝީދަށް ހުކުމް އިއްވުން އަވަސް ކުރުމަށް ގޮވާލާފަ އެވެ. އެ މުޒާހަރާގައި 100އެއްހާ މީހުން ބައިވެރި ވި އެވެ.

ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލާ "އެގޯޅިން މިގޯޅިން" ނަމުގައި އެމްޑީޕީން ރޭވި ސައިކަލް ބުރު އުސްފަސްގަނޑު ސަރަހައްދުން ފަށާފައިވަނީ ހަވީރު 5:00 ހާއިރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް