ދެކޮޅަށް ހުށަހެޅި ހެކިން މޫސާ އަލީ ޖަލީލާއި އެއްކޮޅަށް ހެކިބަސް ދީފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމުގައި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް ބައިވެރިވިކަން ސާބިތު ކުރުމަށް ދައުލަތުން ހެކިންގެ ...

04 Mar 2015 | 11:20

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމުގައި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް ބައިވެރިވިކަން ސާބިތު ކުރުމަށް ދައުލަތުން ހެކިންގެ ގޮތުގައި ހުށަހެޅި ހަތަރު މީހަކު އޭނާ އާއި އެއްކޮޅަށް ހެކި ބަސް ދީފި އެވެ.

ޖަލީލް އާއި އެއްކޮޅަށް ހެކިބަސް ދީފައިވަނީ ދައުލަތުން ދެކޮޅު ހެކިންގެ ގޮތުގައި ހުށަހެޅި ސިފައިންގެ ހަތަރު އޮފިސަރުންނެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ހަތަރު ހެކިން ވަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގައި މޫސާ އަލީ ޖަލީލު ބައިވެރިވިކަން ނޭނގޭ ކަމަށް ބުނެފައި އެވެ. ދައުލަތުން ވަނީ އިތުރު ހެކިންގެ ގޮތުގައި އޭރުގެ ޕޮލިސް ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނާވެސް ހުށަހަޅާފައި އެވެ. ނަމަވެސް މިއަދުގެ ޝަރީއަތަށް އެ ދެ ބޭފުޅުން ވެސް ރާއްޖެއިން ބޭރުގައި ތިއްބެވުމުން ހާޒިރެއް ނުވެ އެވެ.

މޫސާ އަލީ ޖަލީލްގެ ފަރާތުން ހުށަހެޅި ހެކިން މިއަދުގެ ޝަރީއަތަށް ހާޒިރުވެފައި ނުވެ އެވެ. ހެކިން ހާޒިރު ނުކުރެވިފައިވަނީ ހެކިން ރާއްޖެއިން ބޭރުގައި ތިއްބެވުމުން ކަމަށް އޭނާގެ ގާނޫނީ ވަކީލް ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ޖަލީލް ވިދާޅުވެފައި ވަނީ އަބްދުﷲ ގާޒީ ބަންދުކުރުމުގެ އެއްވެސް ކަމެއްގައި ބައިވެރިނުވާ ކަމަށާއި އަދި އެކަން ކުރުމަށް އޭނާއަށް އެއްވެސް ފަރާތަކުން އަމުރެއް ކޮށްފައި ވެސް ނުވާ ކަމަށެވެ.

(ތަފްސީލް އަންނަނީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް