ނަޝީދު ދޫކޮށްލުމަށް ގޮވާލާ ރައީސް އޮފީސް ކުރިމަތީ މުޒާހަރާކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލާ ރައީސް އޮފީސް ކުރިމަތީގައ މުޒާހަރާކޮށްފި އެވެ. އެ މުޒާހަރާކޮށްފައިވަނީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ހުސް އަންހެނުންނެވެ. މައުލޫމާތު ލިބޭގ...

04 Mar 2015 | 11:10

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލާ ރައީސް އޮފީސް ކުރިމަތީގައ މުޒާހަރާކޮށްފި އެވެ.

އެ މުޒާހަރާކޮށްފައިވަނީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ހުސް އަންހެނުންނެވެ. މައުލޫމާތު ލިބޭގޮތުގައި އެމީހުން މުޒާހަރާ ކުރީ ރައޯސް ޔާމީނަށް ސިޓީއެއް ރައްދުކުރަން ރައީސް އޮފީހަަށް ދިއުމުން ފުލުހުން އެކަން ކުރުމަށް ޖާގަ ނުދިނުމުން ނެވެ.

މިއަދުގެ މުޒާހަރާގައި ރައީސް ޔާމިންގެ އިސްތިއުފާއަށް ވެސް ގޮވާލާފައިވާއިރު އަޑު އުފުލި މީހުން ވަނީ ރައީސް ނަޝީދަކީ ޓެރަރިސްޓެއް ނޫންކަމަށް ގޮވާފައި އެވެ. އެ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވެފައި ވަަނީ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަދި އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާ ސިފާ މުހައްމަދާއި، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ކުރީގެ މެމްބަރު ރުގިއްޔާ މުހައްމަދެވެ.

ރައީސް އޮފީސް ހިމެނޭ ސަރަހައްދަކީ އެއްވެ އުޅުމުގެ ގާނޫނޫގެ ދަށުން އެއްވުން މަނާ ސަރައްދެކެވެ. އެހެންވެ މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރު ދިން ނަމަވެސް ފުލުހުން އެ މުޒާހަރާ ރޫޅާލުމަށް ބާރުގެ ބޭނުން ކޮށްފައެއް ނުވެ އެވެ.

ރައީސް އޮފީސް ދޮށަށް ދިޔަ މީހުން ފުލުހުން ވަނީ ފަހަތަށް ޖައްސަމުން ގޮސް ކީރިތީ ގުރުއާނާ ބެހޭ މަރުކަޒު ހުންނަ ހިސާބަށް ފަހަތަށް ޖައްސާފަ އެވެ. އެތަނުން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެއް ވެސް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް