ރައީސް ޔާމީނާއި ރައީސް މައުމޫން ބައްދަލުކުރައްވައިފި

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ބައްދަލު ކުރައްވައިފި އެވެ. ރައީސް ޔާމީނާއި ރައީސް މައުމޫނުގެ ބައްދަލުވުން މިއަދު ކުރިއަށ...

04 Mar 2015 | 10:49

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ބައްދަލު ކުރައްވައިފި އެވެ.

ރައީސް ޔާމީނާއި ރައީސް މައުމޫނުގެ ބައްދަލުވުން މިއަދު ކުރިއަށް ގެންގޮސްފައިވަނީ ރައީސް އޮފީހުގަ އެވެ.

ރައީސް އޮފީހުން ވިދާޅުވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ‏‏މިބައްދަލުކުރެއްވުމުގައި، ސަރުކާރުން ކުރިއަށްގެންދަވާ ޤައުމީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާ ބެހޭގޮތުންނާއި، ޤައުމުގެ ސިޔާސީ މަސްރަޙު މިހާރު އޮތްގޮތާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް