ޖަލްސާ އާއި ނުގުޅޭ ކަންކަން ހިނގާނަމަ ލައިވް ފީޑު ކަނޑާލަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއާއި ނުގުޅޭ ކަންކަން މަޖިލީސް ތެރޭ ހިނގާނަމަ މަޖިލީހުގެ ލައިވް ފީޑު ދޫނުކުރަން ނިންމައިފި އެވެ. ރައްޔިތުންގެ މަޖިލީހުން އެގޮތަށް ނިންމީ ޖަލްސާއިން ބޭރުން އިދިކޮޅު މެންބަރ...

04 Mar 2015 | 07:53

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއާއި ނުގުޅޭ ކަންކަން މަޖިލީސް ތެރޭ ހިނގާނަމަ މަޖިލީހުގެ ލައިވް ފީޑު ދޫނުކުރަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން އެގޮތަށް ނިންމީ ޖަލްސާއިން ބޭރުން އިދިކޮޅު މެންބަރުންނާއި ސަރުކާރަށް ތާއީދު ކުރާ މެންބަރުން އަޑުގަދަކޮށް ޖަލްސާގެ ރަސްމީ ބައި ކުރިޔަށް ގެންދިއުމަށް ހުރަސް އަޅަމުންދާތީ އެވެ. އެގޮތުން އެންމެ ފުރަތަމަ މަޖިލީޙުގެ ޖަލްސާގެ ލައިވް ފީޑު ކަނޑާލީ އިއްޔެ އެވެ.

އަދި މިއަދުވެސް ކަނޑާލާފައިވާއިރު މިއަދު ލައިވް ފީޑު ކަނޑާލީ އިދިކޮޅު ލީޑާ މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމް ދޫކޮށްލުމަށް ގޮވާލާ މަޖިލީސް ތެރޭ އަޑުގަދަ ކުރުމުންނެވެ. މިއަދުގެ ޖަލްސާގައި އިދިކޮޅު މެންބަރުން ވަނީ ސަރުކާރު ހިންގާ ޕާޓީގެ މެންބަރުން ވާހަކަދައްކަވަން ފެށުމުން ހުރަސް އަޅާ އަޑުގަދަ ރިޔާސަތު ކައިރިޔަށް ގޮސްވެސް އަޑުގަދަ ކޮށްފައި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައި އޮތީ ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ. އެމްޑީޕީގެ މެމްބަރުންގެ އިޖްތިޖާޖު ކުރުން ކުރިއަށް ދިޔަ ނަމަވެސް އެ ބިލްގެ ބަހުސް ނިންމި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް