ރޯދަ މަހަށް ފަރިތަކުރަން އަވަހަށް ނިދަން ފަށައިފިން: ނީލޯފާ

ކުރިއަށް އޮތް ރޯދަމަހަށް ފަރިތަކުރުމުގެ ގޮތުން އަވަހަށް ނިދަން ފަށާފައިވާކަމުގައި މެލޭޝިޔާގެ ތަރި ނޫރު ނީލޯފާ މުހައްމަދު ނޫރު (ނީލޯފާ) ބުނެފިއެވެ. ނީލޯފާ މިކަން ހާމަކޮށްފައިވަނީ އޭނާގެ ފޭނުންނަށް ޓިކް...

04 Feb 2025 | 18:37

ކުރިއަށް އޮތް ރޯދަމަހަށް ފަރިތަކުރުމުގެ ގޮތުން އަވަހަށް ނިދަން ފަށާފައިވާކަމުގައި މެލޭޝިޔާގެ ތަރި ނޫރު ނީލޯފާ މުހައްމަދު ނޫރު (ނީލޯފާ) ބުނެފިއެވެ.

ނީލޯފާ މިކަން ހާމަކޮށްފައިވަނީ އޭނާގެ ފޭނުންނަށް ޓިކްޓޮކް މެދުވެރިކޮށް ދީފައިވާ މެސެޖެއްގައެވެ.

އެ މެސެޖުގައި ނީލޯފާ ބުނެފައިވަނީ ރޯދަމަހުގެ ޝެޑިއުލް ތަފާތުވާނެ ކަމަށާއި އެންމެ ލަސްވެގެންވެސް ފަތިހު 4 ޖަހާއިރު ހޭލަން ބޭނުންވާކަމަށާއި ދަންވަރު އެކެއް ދޭން ޖަހާއިރު ނިދައިގެން އެހާ ފަތިހު ނުހޭލެވޭނެ ކަމަށެވެ.

މި ފެށޭ ރޯދަމަސް ހޭދަކުރާނީ ބަދިގެ ތެރޭގައި ކެއްކުމުގައި އަދި އެހެން ވަގުތުތަކުގައި ޤުރުޢާން ކިޔެވުމާއި ޒިކުރު ކުރުމުގައި ކަމުގައިވެސް ނީލޯފާ ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް