އައިޖީއެމްއެޗް ކައިރީގައި މިރޭ ހިންގި މާރާމާރީގައި ހަމަލަދީފައިވަނީ މަރުތޭލަކުން ކަމުގައި ފުލުހުން ބުނެފިއެވެ.
މިރޭ 9:20 ހާއިރު ފުލުހުން ބުނެފައިވަނީ މާލެ، ކަނބާ އައިސަރަނި ހިނގުން، އައިޖީއެމްއެޗް ކައިރީ ހުރި މީހަކަށް ސައިކަލެއްގައި އެތަނަށް ދިޔަ ދެމީހަކު ހަމަލާދީ މާރާމާރީ ހިންގި ކަމަށާއި ޒަޚަމްވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ.
އެއަށްފަހު 09:51 ގައި ފުލުހުން ބުނެފައިވަނީ އެ މާރާމާރީގައި އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށް ކަމަށާއި ހަމަލަ ދީފައިވަނީ މަރުތޭލަކުން ކަމަށެވެ.
އެ ހަމަލަ އަމާޒުވީ ޒަޚަމްވި މީހާގެ ބޮލަށްކަމުގައި ދުވަހަށް މަޢުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް އައިޖީއެމްއެޗްގެ ރަސްމީ ބަހެއް ލިބިފައިނުވާތީ ޒަޚަމްވި މީހާގެ ހާލު ސާފެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް