ހަށިގަނޑުގެ އެތެރޭގައި ބޮޑީ ސްޕްރޭ ފުޅި ތާށިވިކަމަށް ބުނާ ވާހަކަ – އައިޖީއެމް ހޮސްޕިޓަލުން ދޮގުކުރޭ !

ހަށިގަނޑުގެ ތެރޭގައި ބޮޑީ ސްޕްރޭ ފުޅިއެއް ތާށިވެ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް އޮޕަރޭޝަނެއް ކުރަން ޖެހުނުކަމަށްބުނެ ފެތުރޭ ޚަބަރު އައިޖީއެމް ހޮސްޕިޓަލުން ދޮގުކޮށްފިއެވެ. ދުވަހަށް މައުލޫމާތުދެއްވަމު...

04 Feb 2025 | 15:52

ހަށިގަނޑުގެ ތެރޭގައި ބޮޑީ ސްޕްރޭ ފުޅިއެއް ތާށިވެ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް އޮޕަރޭޝަނެއް ކުރަން ޖެހުނުކަމަށްބުނެ ފެތުރޭ ޚަބަރު އައިޖީއެމް ހޮސްޕިޓަލުން ދޮގުކޮށްފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ ކަމެއް ހިނގާފައިނުވާކަމަށެވެ.

ނަމަވެސް ބޮޑީ ސްޕްރޭ ޖަހަން އުޅުމުގެ ތެރޭގައި ބޮޑީ ސްޕްރޭ ފުޅި ފުރަގަސް ފަރާތުން ހަށިގަނޑުގެ ތެރެއަށް ގޮސް އޮޕަރޭޝަނެއް ކުރަން ޖެހޭ ހާލަތަށް ކަންތައް ގޮސްފައިވާކަމަށްބުނެ ސޯޝަލް މީޑީއާގައި ފޮޓޯތަކެއް ދައުރުކުރަމުންދެއެވެ. އެ ފޮޓޯތަކަށް ބަލައިލާއިރު އެ ފޮޓޯއަކީ އޭއައި ޖެނެރޭޓެޑް ފޮޓޯތަކެއް ކަމަށް ނުބެލެވެއެވެ. އަދި ހަމަ އެހެންމެ ގޫގަލް އިމޭޖް ރިވާސް ޓެކްނޯލޮޖީ ބޭނުންކޮށްގެން ބަލާއިރުވެސް އެ ފޮޓޯތަކަކީ އިންޓަނެޓުގެ އެހެން އެއްވެސް ދިމާލަކުން ފެންނަން ނެތް ފޮޓޯތަކެއް ކަމުގައިވާއިރު އައިޖީއެމްއެޗް ހޮސްޕިޓަލުން އެކަން ސިއްރުކުރަނީކަން ނޫނީ ނޫންކަން ސާފެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް