ކެފޭއެއްގައި ކައްކާއަކާއި އެހީތެރިޔަކާއި ދެމެދު ވަރުގަދަ މާރާމާރީއެއް – އެކެއްގެ ހާލު ސީރިއަސް

މާލެ، މާފަންނު، މާވެޔޮމަގުގައި ހިންގަމުން އަންނަ ކެފޭއެއްގެ ކައްކާއަކާއި އެހީތެރިޔަކާއި ދެމެދު ވަރުގަދަ މާރާމާރީއެއް ހިންގައިފިއެވެ. ފުލުހުން ބުނެފައިވަނީ އެފަދަ މައްސަލައެއް މެންދުރު 12:10 ހާއިރު ފުލ...

04 Feb 2025 | 09:32

މާލެ، މާފަންނު، މާވެޔޮމަގުގައި ހިންގަމުން އަންނަ ކެފޭއެއްގެ ކައްކާއަކާއި އެހީތެރިޔަކާއި ދެމެދު ވަރުގަދަ މާރާމާރީއެއް ހިންގައިފިއެވެ.

ފުލުހުން ބުނެފައިވަނީ އެފަދަ މައްސަލައެއް މެންދުރު 12:10 ހާއިރު ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ.

"މާރާމާރީ ހިންގާފައިވަނީ ކެފޭގެ ކައްކާ (ނޭޕާލް މީހެއް) އާއި ހެލްޕަރ (ބަންގްލަދޭޝް މީހެއް) އާއި ދެމެދު" ފުލުހުން ބުނެފައިވެއެވެ.

ދެމީހުންނަށްވެސް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު ބަންގްލަދޭޝް މީހާގެ ހާލު ސީރިއަސް ކަމަށްވެސް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގައި މި ހާދިސާގެ ވީޑިއޯއެއް ދައުރުވަމުން އަންނައިރު އެ ވީޑިއޯއިން ފެންނަނީ ކެފޭގެ ބަދިގޭގެ ޓައިލްސް މަތީގައި ދެމީހުން ހިފައިގަނެގެން އުޅޭ މަންޒަރެވެ. ޓައިލްސް މަތީގައި އަދި ދެމީހުންގެ ގައިގާވެސް ގިނަ އަދަދަކަށް ލޭވެސް ހުއްޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް