ފަޒުލްގެ ގެއިން ފުލުހުން ގެންދިޔަ 1.4 މިލިޔަން ރުފިޔާ ހަވާލުކޮށްފި

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅޭ ގެ ބަލައި ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 1.4 މިލިޔަން ރުފިޔާ ފަޒުލް އާއި ހަވާލުކޮށްފިއެވެ. މިކަން ހާމަކޮށް މީޑިއާތަ...

04 Feb 2025 | 09:13

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅޭ ގެ ބަލައި ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 1.4 މިލިޔަން ރުފިޔާ ފަޒުލް އާއި ހަވާލުކޮށްފިއެވެ.

މިކަން ހާމަކޮށް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން މިއަދު ބުނެފައިވަނީ އެޗްޑީސީގެ ގޯތި މައްސަލައިގާ ތުހުމަތު ކުރެވޭ ފަރާތުގެ އެޕާޓްމަންޓް ފުލުހުން ބަލާ ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފައިސާ އާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފައިސާގެ ވެރިފަރާތާއި ހަވާލުކޮށްފައިވާކަމަށެވެ.

އެ މައްސަލައިގާ ފަޒުލް ދިރިއުޅޭ ގެ ބަލައި ފާސްކުރީ މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭގައެވެ. ބަލައި ފާސްކޮށް ބައެއް ތަކެތި ގެންދިޔަކަން ފުލުހުން ހާމަކުރިނަމަވެސް ފައިސާ ގެންދިޔަކަން އޭރު ހާމައެއް ނުކުރެއެވެ.

އެގޭގައި ކަޅު ދަބަހެއްގައި ހުރި 1.4 މިލިޔަން ރުފިޔާގެ ނަގުދު ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަން ފަހުން ފެންމަތިވުމުން އެކަމަށް ފުލުހުން އިންކާރުކޮށްފައެއް ނުވެއެވެ. ނަމަވެސް ރަސްމީކޮށް އެކަން ޔަޤީންކޮށްދީފައެއްވެސް ނުވެއެވެ.

އެ ފައިސާއަކީ ލޯންޗެއް ބަންނަން ފަޒުލް އާއި ހަވާލުކޮށްފައިވާ ފައިސާ ކަމަށް ރިލެކްސް ކިޔާ ކުންފުންޏަކުން ބުނެ ނޫސްބަޔާނެއް ކުރިން ނެރުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް