ބޯމަތިން ސައިލަކެއް ގޮސް މީހެއްގެ ފުރާނަ ގެއްލުނު މައްސަލަ – ދުއްވަން އިނީ 60 އަހަރުގެ އަންހެނެއް

މިދިޔަ ހޮނިހިރު ދުވަހު ހެނދުނު ހަލިމަގުގައި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއެއްގެ ފުރާނަ ގެއްލިފައިވާއިރު އެ ބިދޭސީ މީހާ ވެއްޓުނު ވަގުތު ބޯ މަތިން ދިޔަ ސައިކަލު ދުއްވަން އިނީ 60 އަހަރުގެ އަންހެނެއްކަނ...

04 Feb 2025 | 05:08

މިދިޔަ ހޮނިހިރު ދުވަހު ހެނދުނު ހަލިމަގުގައި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއެއްގެ ފުރާނަ ގެއްލިފައިވާއިރު އެ ބިދޭސީ މީހާ ވެއްޓުނު ވަގުތު ބޯ މަތިން ދިޔަ ސައިކަލު ދުއްވަން އިނީ 60 އަހަރުގެ އަންހެނެއްކަން ފުލުހުން ހާމަކޮށްފިއެވެ.

މީޑިއާއިން ތަކުރާރުކޮށް އެތައް ސުވާލެއް ކުރުމުން ފުލުހުންގެ ތަރުޖަމާނު، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ އެ ސައިކަލު ދުއްވަން އިނީ 60 އަހަރުގެ އަންހެނެއް ކަމަށާއި އެ އަންހެން މީހާގެ ސައިކަލު ޓޯކޮށް ލައިސަންސް ހިފަހައްޓާފައިވާކަމަށެވެ.

ހޮނިހިރު ދުވަހު ފުލުހުން ބުނެފައިވަނީ އެ ބިދޭސީ މީހާގެ ފުރާނަ ގެއްލުނީ ހުޅުމާލެ ކޮޅުން މާލެ ދާން އޮންނަ ހަލިމަގުގައި މަސައްކަތެއް ކުރާކަން އަންގައިދޭން ޖަހާފައި ހުރި ކޯނެއްގައި ޖެހި ވެއްޓި ކަމަށެވެ. ނަމަވެސް ރޭގައި ސޯޝަލް މީޑިއާއަށް ތިލަވި ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ބިދޭސީ މީހާ ވެއްޓުނު ވަގުތު ފަހަތުން އައި ސައިކަލެއް އެ ބިދޭސީ މީހާގެ ބޯމަތިން ދާ މަންޒަރު ފެނެއެވެ.

އެ މައުލޫމާތު ފުލުހުން ކުރިން ހާމަނުކުރީ ކީއްވެތޯވެސް އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް