އިންޑޮނޭޝިޔާގައި އެކުގައި އެއް ޖިންސުން ގުޅުން ހިންގަން ތިބި 56 ފިރިހެނަކު ހައްޔަރު ކޮށްފި

މުސްލިމު އާބާދީ ބޮޑު ޤައުމެއް ކަމުގައިވާ އިންޑޮނޭޝިޔާގައި އެއް ޖިންސުން ގުޅުން ހިންގުމުގެ ޕާޓީއެއް ކުރިއަށްދަނިކޮށް އެ ޕާޓީއަށް ފުލުހުން ރެއިޑެއްކޮށް 56 ފިރިހެނަކު ހައްޔަރުކޮށްފިއެވެ. އިންޑޮނޭޝިޔާ ފުލ...

04 Feb 2025 | 02:36

މުސްލިމު އާބާދީ ބޮޑު ޤައުމެއް ކަމުގައިވާ އިންޑޮނޭޝިޔާގައި އެއް ޖިންސުން ގުޅުން ހިންގުމުގެ ޕާޓީއެއް ކުރިއަށްދަނިކޮށް އެ ޕާޓީއަށް ފުލުހުން ރެއިޑެއްކޮށް 56 ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

އިންޑޮނޭޝިޔާ ފުލުހުން ބުނެފައިވާގޮތުގައި އިއްޔެ ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި 56 ފިރިހެނަކު ހައްޔަރުކުރީ އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާތާއިންނެވެ.

އެ 56 މީހުންގެ ތެރެއިން ތިން މީހުންނަކީ އެ ހަރަކާތް އިންތިޒާމުކުރި ތިން މީހުން ކަމަށާއި އެ ތިން މީހުންނަށް 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށެވެ.

އެއް ޖިންސުން ގުޅުން ހިންގުމަކީ އިންޑޮނޭޝިޔާގައި ޤާނޫނުން މަނާކޮށްފައިވާ ކަމެކެވެ. އަދި މުސްލިމް އާބާދީ ބޮޑު އެ ޤައުމުގައި އެކަމަކީ ބޮޑެތި އަދަބުތަކެއްވެސް ކަނޑައަޅާފައިވާ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް