ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން ޑިމޮކްރެޓްސް އާއި ޑެމްސް އިން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވާ، މާދަމާގެ ޖަލްސާ ބޮއިކޮޓް ކުރަން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމައިފިއެވެ. މާދަމާގެ މި ޖަލްސާ ބޮއިކޮޓްކުރަން...

04 Feb 2024 | 18:19

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވާ، މާދަމާގެ ޖަލްސާ ބޮއިކޮޓް ކުރަން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމައިފިއެވެ.

މާދަމާގެ މި ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީން ނިންމި ނަމަވެސް އަދި ރަސްމީކޮށް އެ ޕާޓީން އެކަން އިއުލާނުކޮށްފައެއްނުވެއެވެ. ނަމަވެސް ޑިމޮކްރެޓްސްއިން ވަނީ އެ ޕާޓީގެ ނިންމުން ހާމަކޮށްފައެވެ.

އެގޮތުން ޑިމޮކްރެޓްސްއިން ބުނެފައިވަނީ ޖަލްސާ ބޮއިކޮޓް ކުރަން ނިންމީ މަޖިލީހުން ރުހުން ނުދޭން ނިންމި ތިން ވަޒީރުން އަލުން އައްޔަނުކޮށްފައިވާތީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ބަޔާން އިއްވުން އޮތީ ހެނދުނު 09:00 ގައެވެ. މީގެ ކުރިން ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އޮތް އޮތުން ރައީސް މުއިއްޒު ވަނީ ބަދަލުކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް