އުރީދޫ ކަސްޓަމަރުންނަށް ދޯހާ މެރަތަންގައި ދުވެލުމުގެ ފުރުސަތު ލިބޭ ހާއްސަ ލަކީ ޑްރޯއެއް

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން، ދޯހާ މެރެތަންގައި ދުވުމުގެ 2 ފުރުސަތު ލިބޭ ލަކީ ޑްރޯއެއް މިއަދު އިއުލާނުކޮށްފިއެވެ. ދޯހާ މެރެތަން އޮންނާނީ 16 ފެބުރުއަރީގައި ގަތަރުގައެވ...

04 Feb 2024 | 15:27

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން، ދޯހާ މެރެތަންގައި ދުވުމުގެ 2 ފުރުސަތު ލިބޭ ލަކީ ޑްރޯއެއް މިއަދު އިއުލާނުކޮށްފިއެވެ. ދޯހާ މެރެތަން އޮންނާނީ 16 ފެބުރުއަރީގައި ގަތަރުގައެވެ.

މިލަކީ ޑްރޯގައި ބައިވެރިވުމަށްޓަކައި އުރީދޫ ވެބްސައިޓު މެދުވެރިކޮށް 4 ފެބުރުއަރީއިން ފެށިގެން 10 ފެބުރުއަރީގެ 00.00އާއި ހަމައަށް ބައިވެރިވެވޭނެއެވެ. އަދި ނަސީބުވެރި 21 ފަރާތް 11 ފެބުރުއަރީގައި އިއުލާނު ކުރާނެއެވެ.

ލަކީ ޑްޜޯގައި ބައިވެރިވުމުގެ ޝަރުތުތައް:


  • އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރެއްގެ ގޮތުގައި މަދުވެގެން 1 އެއްއަހަރު ދުވަހުހުރުން، ލަސްވެގެން 1 ފެބުރުއަރީ 2023އިން ފެށިގެން
  • ދޯހާ މެރެތަންގައި ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވުމުގެ ގާބިލްކަން ހުރުން (ސިއްހީ ގޮތުން)، މީގެ ކުރިން ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވެފައިވުން.
  • ގަތަރަށް އެތެރެވުމުގެ ޝަރުތުތައް ފުރިހަމަވާ ދިވެހި ޕާސްޕޯޓެއް އޮތުން
  • 10 ފެބުރުއަރީ 2024ގެ 00.00ގެ ކުރިން ލަކީ ޑްރޯގައި ބައިވެރިވުން

ލަކީޑްރޯގައި ބައިވެރިވުމަށް، ތިރީގައިވާ ލިންކަށް ޒިޔާރަތްކޮށްލައްވާ:

ore.do/dohamarathon

ދޯހާ މެރެތަންއާ ގުޅޭ އިތުރު މައިލޫމާތު ހޯދުމަށް:

https://www.dohamarathonooredoo.com/

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް