އިސްރަށްވެހިންގެ އިޖްތިމާއީ މަރުކަޒުތަކުގައި ފޯރުކޮށްދޭނެ ހިދުމަތްތައް ކަނޑައަޅައިފި

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން އެކި މިނިސްޓްރީތަކާއި އިދާރާތަކާއި ގުޅިގެން އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތަކުގައި ފޯރުކޮށްދޭނެ ހިދުމަތްތައް ކަނޑައަޅައިފިއެވެ. ޔޫތު އެމްޕަވ...

04 Feb 2024 | 12:36

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން އެކި މިނިސްޓްރީތަކާއި އިދާރާތަކާއި ގުޅިގެން އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތަކުގައި ފޯރުކޮށްދޭނެ ހިދުމަތްތައް ކަނޑައަޅައިފިއެވެ.

ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީން ފޯރުކޮށްދޭނެ ޚިދުމަތްތަކުގެ ތެރޭގައި ނަފްސާނީ، ޖިސްމާނީ އަދި މާލީ ގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ކުރު ކޯސްތައް ހިންގުމާއި، ސަޕޯޓް ގްރޫޕްތައް ބޭއްވުމާއި، ވަސޭހަތުގެ ސެޝަންތައް ކުރިއަށް ގެންދިއުމާއި، ސައިކޮސޯޝަލް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުން ހިމެނެއެވެ.

ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން މިނިސްޓްރީން ފޯރުކޮށްދޭން ނިންމާފައިވާ ޚިދުމަތްތަކުގެ ތެރޭގައި ހަފްތާއަކު ތިން ދުވަހު ކަސްރަތު ޕްރޮގްރާމްތައް ބޭއްވުމާއި، ކެރަމް، ޓީޓީ އަދި ރާޒުވާ ކުޅިވަރުތަކާއި، ކުޅިވަރު ހަރަކާތްތަކުގެ ކޯޗިން ދަސްކުރަން ޝައުގުވެރިވާ މީހުންނަށް ކިޔަވައިދިނުން ހިމެނެއެވެ.

ދިވެހި ލެންގުއޭޗް، ކަލްޗަރ އަދި ހެރިޓޭޖް މިނިސްޓްރީން ފޯރުކޮށްދޭނެ ހިދުމަތްތަކުގެ ތެރޭގައި އެހާރާއި މިހާރު، ހަނދާނުން، ކުރެހުމަކުން، ތޯތޯ، ކުރު ތަމްސީލު އަދި ބައިތަކުން ހިމެނެއެވެ.

ސޯޝަލް މިނިސްޓްރީން ބުނީ އެ ޚިދުމަތްތައް އެންމެ ފުރިހަމަކަމާއި އިތުބާރާއެކު ރައްޔިތުންނަށް ގެނެސްދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް