އިސްލާމިކް ބޭންކުން ހުޅުމާލޭގައި ޑޮލަރު އޭޓީއެމްގެ ބްރާންޗެއް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހުޅުމާލޭގައި ޑޮލަރު އޭޓީއެމް ބްރާންޗެއް ހުޅުވައިފިއެވެ. ހުޅުމާލޭ ވަން އެވެނިއު އިމާރާތުގައި ގާއިމްކޮށްފައިވާ މި ބްރާންޗް މިއަދު ރަސްމީކޮށް ހުޅުއްވައިދެއް...

04 Feb 2024 | 08:57

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހުޅުމާލޭގައި ޑޮލަރު އޭޓީއެމް ބްރާންޗެއް ހުޅުވައިފިއެވެ.

ހުޅުމާލޭ ވަން އެވެނިއު އިމާރާތުގައި ގާއިމްކޮށްފައިވާ މި ބްރާންޗް މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދާއި އެމްއައިބީގެ ސީއީއޯ މުފައްދަލް އިދުރިސް ހުމްރީއެވެ.

އެމްއައިބީ އިން ބުނީ ހުޅުމާލެ ބްރާންޗުގައި އެ ބޭންކުގެ ޔޫއެސްޑީ ސީއާރްއެމް އިފްތިތާހުކުރެވުމުން ވަރަށް އުފާވާ ކަމަށާއި، އުއްމީދަކީ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ބޭންކުގެ ޚިދުމަތްތައް ހަރުދަނާކުރުން ކަމަށެވެ.

ހުޅުމާލޭގައި އެމްއައިބީގެ ޑޮލަރު އޭޓީއެމް ބްރާންޗް ހުޅުވުމާ ގުޅޭ ގޮތުން އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މުޖުތަމައުގެ ލުއިފަސޭހަކަމަށްޓަކައި ކޮންމެހެން ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ގެނެސްދިނުމަށް ކަމަށެވެ.

ހުޅުމާލޭގައި ގާއިމްކުރި ޑޮލަރު އޭޓީއެމްގެ ހިދުމަތް 24 ގަޑިއިރު ލިބޭއިރު، އެމްއައިބީގެ ކަސްޓަމަރުންނަށް މި އޭޓީއެމް އިން ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެއެވެ.

ކޮންމެ ކަސްޓަމަރަކަށްވެސް އެމްއައިބީގެ ޑޮލަރު އޭޓީއެމް މެދުވެރިކޮށް ދުވާލަކު އެންމެ ގިނަ ވެގެން ނެގޭނީ 1,600 ޑޮލަރެވެ. އަދި އަމިއްލަ ފަރުދުންނަށް ދުވާލަކު 12,000 ޑޮލަރު ޖަމާކުރެވޭއިރު، ވިޔަފާރިތަކަށް 32,000 ޑޮލަރު ޖަމާކުރެވޭނެ ކަމަށް އެމްއައިބީ އިން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް